އަންގ ސަން ސޫކީގެ ނޯބަލް އިނާމް އަތުނުލާން ނިންމައިފި

މިޔަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގި ލާ އިންސާނީ އަނިޔާ އާއި ގުޅިގެން އަންގ ސަން ސޫ ކީ އަށް ލިބިފައިވާ އެކި އިނާމު އަތުލުމަށް ގިނަބަޔަކު އޭރު އަޑު އުފުލަމުން ދިޔައެވެ. އޭގެ ތެރޭގައި އޭނާއަށް ލިބިފައިވާ ނޯބަލް ޕީސް ޕްރައިޒް އަތުލުމަށްވެސް ގިނަބަޔަކު ގޮވަމުން ދިޔައެވެ. ނަމަވެސް ނޯބަލް ފައުންޑޭޝަންގެ ލީޑަރާ ހަވާލާދީ އިންޑިޕެންޑެންޓް ނޫހުން ރިޕޯޓު ކުރާ ގޮތުގައި ސޫ ކީގެ އަތުން ނޯބަލް އިނާމް އަތުނުލާނެއެވެ. މިހެން ނިންމީ އިނާމް ހަވާލު ކުރާ ފަހުން ހިންގާ ކަމަކާ ގުޅިގެން އިނާމު އަތުލުމުގެ އެއްވެސް މާނައެއް ނެތް ކަމަށްވާތީ ކަމަށް ނޯބަލް ފައުނޑޭޝަންގެ ލީޑަރ ލަރސް ހެއިކިންސްޓަން އާ ހަވާލާދީ އިންޑިޕެންޑެންޓުން ރިޕޯޓުކުރެއެވެ.

ރޮހިންގާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ލާއިންސާނީ އއަމަލު ހިންގައި އެތައް ބަޔަކު މަރާފައިވާ ކަމަށް ބުނެ އ.ދ. ގެ އިންވެސްޓިގޭޓަރުންވަނީ އޯގަސްޓް މަހު ރިޕޯޓެއް ނެރެފައެވެ. މި އޮޕަރޭޝަންގައި 700،000 ރެފިއުޖީންވަނީ ބަނގްލަދޭޝްގެ ބޯޑަރު ހުރަސްކޮށް ގޮސްފައިކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

ސޫ ކީ އަށް ނޯބަލް އިނާމް ލިބިވަޑައިގެންނެވީ 1991 ވަނަ އަހަރު އެވެ.  

ނޯބަލް އިނާމް އަތުނުލި ކަމުގައި ވިޔަސް ސޫ ކީ އަށް އަރުވާފައިވާ ކެނެޑާގެ ރަށެވެހިކަން އަތުލާފައިވަ ކަމަށް މީޑިއާގައި މިއަދު ރިޕޯޓުކޮށްފައިވެއެވެ. އަދި މިއީ ކެނެޑާގެ ރަށޤވެހިކަން އަތުލެވުނު ފުރަތަމަ މީހާކަމަށޤވެސް މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.