ފުލެޓުތަކަށް އެދޭ ފޯމު ބަލައިގަތުން ހުއްޓާލައިފި

ސަރުކާރުން ފަށައިފައިވާ ހިޔާ މަޝްރޫއުގެ ދަށުން ފުލެޓުތަކަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަތުން މިހާރު ވަނީ ނިންމާލައިފައި ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ އެ ކަމަށް ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދެއްވި ކަމަށެވެ. މުއްދަތު އިތުރު ކުރުމަށްފަހު އިއްޔެ (ސެޕްޓެމްބަރ 30) ވެސް ނަމްބަރު ނަގައިފައިވާ މީހުންގެ ތެރެއިން ވެސް ވީހާވެސް ގިނަ މީހުންނަށް ޚިދުމަތް ދެއްވި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

"ހިޔާ މަޝްރޫއުގެ ފުލެޓުތަކަށް ފޯމު ބަލައިގަތުން މިހާރު ނިންމާލައިފިން. މި މަސައްކަތަށް ދެ ފަހަރުމަތިން މުއްދަތު އިތުރު ކުރެވިފައިވޭ. އަދި އިއްޔެ (ސެޕްޓެމްބަރ 30) ގައި ވެސް ނަމްބަރ ނަންގަވައިފައިވާ މީހުންގެ ތެރެއިން ގިނަފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަޅުގަނޑުމެން ދީފިން،" މިނިސްޓްރީން ވިދާޅުވިއެވެ.

ހިޔާ މަޝްރޫއަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން މިސަރުކާރުން ކުރިއަށް ގެންދާ ބިޔަ މަޝްރޫއެކެވެ. ސަރުކާރުން ހިންގާ މިފަދަ ބިޔަ މަޝްރޫއުތައް ނިމޭއިރު ފުލެޓު ބޭނުންވާ އެންމެހާ ރައްޔިތުންނަށް ފުލެޓް ލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންގަވައިފައެވެ. ހައުސިން މިނިސްޓްރީ ވިދާޅުވެފައިވަނީ މިފަދަ މަޝްރޫއުގެ ދަށުން ފުލެޓަށް އެދޭ އެންމެނަށް ފުލެޓް ދިނުމަށް ރައީސް ޔާމީން ވަނީ ނިންމަވާފައި ކަމަށެވެ. އެހެންމަވެސް އެމަނިކުފާނުގެ ސަރުކާރު ފުރަތަމަ ދައުރު ނިމި ދެވަނަ ދައުރެއް ލިބިވަޑައި ނުގަތުމުން ސިޔާސަތު ތަކަށް ދެން އަންނާނެ ބަދަލުތަކެއް އަދި އެނގިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.