ޝްރައްދާ ކަޕޫރް ސައިނާ ނީވާލްގެ ބަޔޯޕިކްގެ ޝޫޓިންގ ފަށައިފި

ބެޑްމިންޓަން ކުޅުންތެރިޔާ ސާނިޔަ ނީވާލް ގެ ހަޔާތުގެ މައްޗަށް ކުޅޭ ބަޔޮޕިކްގެ ޝޫޓިންގ ޝްރައްދާ ކަޕޫރް ފަށަައިފިއެވެ. އަމޯލް ގުޕްތޭ ޑައިރެކްޓް ކުރާ މި ފިލްމުގައި ޝްރައްދާ ކުޅެނީ ސައިނާގެ ރޯލެވެ.

ޝްރައްދާ ވަނީ އިންސްޓެގްރާމްގައި އޭނާގެ ލުކް ޕޯސްޓްކޮށް ކެޕްޝަންގައި 'ސައިނާ' ލިޔެފައެވެ. ފޮޓޯ އިން ފެންނަ އިރު ސައިނާ އާއި ޝްރައްދާ ވަރަށް ވައްތަރެވެ. ޝްރައްދާ މީގެ ކުރިން މީޑިއާ އާ ވާހަކަދައްކަމުން ބުނެފައިވާ ގޮތުގައި މި ބަޔޯޕިކް އަށް އޭނާވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށް ތައްޔާރުވެފައެވެ. އެގޮތުން މިހާތަނަށް ބެޑްމިންޓަން 40 ކްލާސް ނަގާފައިވެއެވެ. ޝްރައްދާ ބުނެފައިވަނީ ބެޑްމިންޓަނަކީ ވަރަސް އުނދގޫ ކުޅިވަރެއް ކަމަށެވެ. ނަމަވެސް ކުޅިވަރުގެ ތެރެއަށް ވަދެވުމުން ވަރަށް ގަޔާވާ ކުޅިވަރެއް ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

ޝްރައްދާ ސިފަކުރިގޮތުގައި ކުޅުންތެރިއެއްގެ ދިރިއުޅުމަކީ ވަރަށް އާދަޔާ ޚިލާފު އަދި ޝައުގެވެރި ދިރިއުޅުމެކެވެ. އެގޮތުން ސައިނާގެ ކުޅިވަރުގެ ދަތުރު އޭނާއަށް ވަރަށް ޝައުގެވެރި ކަމަށް ޝްރައްދާ ވަނީ ބުނެފައެވެ. ސައިނާގެ ބަލިވި މެޗުތަކާއި އޭނާ އަށް ލިބުނު އަނިިޔާ އިން ފެށިގެން ކާމިޔާބީ އާ ހަމައަށް ސައިނާގެ ދަތުރު ވަރަށް ޝައުގުވެރި ކަމަށް ޝްރައްދާ ބުނެފައިވެއެވެ. ޝްރައްދާ ބުނިގޮތުގައި މި ފިލްމު ކުޅެން އޭނާއަށް އެހާ ފަސޭހަވަނީ އެހެން ދާއިރާއެއްގައި އޭނާވެސް އެފަދަ ތަޖުރިބާތަކެއް ކޮށްފައިވާތީއެވެ.

މި ފިލްމަށް ޝްރައްދާ ތަމްރީނު ކުރަނީ އިންޑިއާ ޓިމުގެ ހެޑް ކޯޗު، ޕުލޭލާ ގޯޕީޗަންދު އެވެ. ފިލްމަށް ތައްޔާރުވުމުގެ ގޮތުން ޝްރައްދާ ވަނީ އެކި ފަހަރުމަތީން ސައިނާ އާ އެކު ވަގުތު ހޭދަކޮސް އޭނާގެ ބައެއް އާދަ ތަކާއި މިޒާޖުވެސް ދަސްކޮށްފައެވެ.

https://www.instagram.com/p/BoS5U98lEa_/?utm_source=ig_embed

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.