ބަޣުދާދަށް ދިން ބޮމުގެ ޙަމަލާއެއްގައި 70 މީހުން މަރާލައިފި

ބަޣުދާދުގައި ކާރުބޮމެއް ގޮއްވާލާފައި

 

ބަޣުދާދުގައި ކާރުބޮމެއް ގޮއްވާލާފައި
ބަޣުދާދުގައި ކާރުބޮމެއް ގޮއްވާލާފައި
  • ގިނަ ޢަދަދަކަށް ޝިޢީން ދިރިއުޅޭ އަވަށަކަށްދިން މި ޙަމަލާގައި މަދުވެގެން 70 މީހުން މަރުވެފައިވެއެވެ. މިއީ އިރާޤުގެ ސަރުކާރަށް ޕްރެޝަރު ކުރުމުގެގޮތުން ދީފައިވާ ޙަމަލާއެއްކަމަށް ބެލެވެއެވެ.

އިރާޤުގެ ވެރިރަށް ބަޣުދާދުގައި ގިނަޢަދަދަކަށް ޝީޢީން ދިރިއުޅޭ އަވަށަކަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއެއްގައި މަދުވެގެން 70 މީހުން މަރާލައިފިއެވެ. މިއަދަދު 100 އަށް އެރުމަކީ އެކަށީގެންވާކަމެއްކަމަށް މީޑިއާ ރިޕޯޓުތައްބުނެއެވެ. މިޙާދިސާގައި ތިން ބޮމެއް ގޮއްވާލާފައިވާކަމަށް ރިޕޯޓުތައްބުނެއެވެ.

އިރާޤުގެ އުތުރުގެ އަލްޝާބް ޑިސްޓްރިކްޓުގެ މާރުކޭޓަކަށް ވެސް އިއްޔެ ވަނީ ޖާނުންފިދާވުމުގެ ޙަމަލާއެއްދީފައެވެ. ޝިޢީންނަށް އަމާޒުކޮށް ދިން މިޙަމަލާގައި ގައިވަނީ މަދުވެގެން 38 މީހުން މަލާރާފައެވެ. މިޢަދަދު 70 އަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާކަމެކެވެ. މީގެ އިތުރުން ސަދުރުސިޓީއާ ކައިރި އަވަށެއްގައި ކާރުބޮމެއްގޮއްވާލައިގެންވަނީ އިތުރު 19 މީހުން މަރާލާފައެވެ. މިޙަމަލަގެ ޒިންމާ އައިއެސް ޖަމާއަތުންވަނީ އުފުލާފައެވެ.

  • ޢިރާގުގެ ހަމަނުޖެހުންތަކުގައި މަރުވެފައިވާ ޢާއްމުން:2016މެއިމަހު: 1 އިން 15 އަށް – 631 މީހުން.

    އެޕްރީލްމަހު: 1050 މީހުން.

    މާޗްމަހު: 1073 މީހުން.

    2015 : 17380 މީހުން.

ބަޣުދާދު އޮޕަރޭޝަން ކޮމާންޑުގެ ތަރުޖަމާނު އިރާޤުގެ ޤައުމީޓީވީއަށް މައުލޫމާތުދެއްވިގޮތުގައި މި ޙަމަލާދީފައިވަނީ އަންހެނެކެވެ. އެނާ ޖާނުންފިދާވުމުގެ ޙަމަލާދިނުމުގެކުރިން އެސަރަޙައްދަށް އަތުބޮންތަކެއް އެއްލާފައިވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މީގެ އިތުރުން ސުންނީންނާއި ޝިޢީންވެސް ގިނަޢަދަދަކަށް ދިރިއުޅެމުންދާ ބަޣުދަދުގެ ދެކުނުގެ އަލް ރަޝީދު އަވަށަށް ދިން ކާރުބޮމުގެ ހަމަލާއެއްގައި އިތުރު ހަމީހަކު ވަނީ މާރާލާފައެވެ.

ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތުން ވޭތުވެދިޔަ ހަތްދުވަހު ބަޣުދަދަށް ދިން ޙަމަލާތަކުގައި 100 އަށްވުރެގިނަމީހުންވަނީ މަރާލާފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.