އާފަތިސް ބަދިގެ: ޗިކަން ޗިލީ ވަޑޭ

ބޭނުންވާނެ ތަކެތި:

800 ގުރާމް ރޯ ޓޮމާޓޯ، ފެހި (ފަޅިކޮށްފައި)

2 ބެލް ޕެޕަރ

2 ކެޕްސިކަމް

6 ލޮނުމެދު

6 ގްރީން ޗިލީ

1 ބޮނޑި ޕާސްލޭ

1 ލުނބޯގެ ހުތް

2 ސައިސަމުސާ ދިރި

2 ސައިސަމުސާ އޮރިގާނޯ

¼ ސައިސަމުސާ ލޮނު

އަސޭމިރުސް، މުގުރާފައި

¾ ކުކުޅު ސުުރުވާ

1 ކިލޯ ބޯންލެސް ޗިކެން ތައި

1 ފިޔާ، ބޮޑު

ތައްޔާރުކުރާނެ ގޮތް:

ޓޯމާޓޯ އާއި، ބެލް ޕެޕަރ، ކެޕްސިކަމް، އަދި ލޮނުމެދު (ތޮށްޓާއެކު) ބޭކިން ޝީޓެއްެ މަތީގައި އަތުރައި އަވަނުގައި 8 މިނިޓް ނުވަތަ 10 މިނިޓް ވަންދެން ރޯސްޓު ކުރާށެވެ. ރޯސް ކުރެވުމުން ކެޕްސިކަމް އާއި ޕެޕަރ ޒިޕްލޮކް ބޭގަކަށް ލާއި ބަންދުކުރާށެވެ. އަދި ޓޮމާޓޯ އާއި ލޮނުމެދު ބޭކިން ޝީޓް މަތީގައި އިރުކޮޅަކު ބަހައްޓާށެވެ. ޒިޕލޮކް ބޭގަށް ލާފައި ހުރި ކެޕްސިކަމް އާއި ޕެޕަރ 10 މިނިޓް ވުމުން އޭގެ ތޮށި ނޮލާއި އޮށާއި ތަނޑު ވަކުކުރާން ފަސޭހަވާނެއެވެ. ތޮށި ރަނގަޅަށް ނޮޅައިނުލެވުނަސް އޮށާއި ތަނޑު ނަގާށެވެ.

އެއަށްފަހު ބްލެންޑަރ އަށް ޓޮމާޓޯ އަޅައި ބްލެންޑް ކުރާށެވެ. ރޯސްޓްކުރުމުން ޓޮމާޓޯތަކުން ދިޔަ ފައިބާފައި ހުރެދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. އެވެސް ބްލެންޑަރ އަށް އަޅާށެވެ. ދެން ލޮނުމެދުން ތޮށީ ނޮޅައި ޓޮމާޓޮގެ ތެރެއަށް ޕެޕަރ އާއި ގްރީން ޗިލީ އާއި ޕާސްލޭ އާއި ލުނބޯ ހުތާއި ދިރި އަދި އޮރިގާނޯ އާއި ލޮނާއި އަސޭމިރުހާއި ކުކުޅު ސުރުވާ ބްލެންޑަރަށް އަޅައި ހުރިހާ ބާވަތްތައް ރަނގަޅަށް ބްލެންޑް ކުރާށެވެ.

ދެން ސްލޯކުކަރ އަށް ފިޔައާއި ޗިކަން ތައި އެޅުމަށްފަހު ބްލެންޑަރގައި ހުރި ސޯސް އޭގެ މައްޗަށް އޮއްސާލާށެވެ. ކުކުޅުގެ ތެރެއަށް ސޯސް ވަންނަ ވަރަށް އެއްކުރާށެވެ. ދެން މަތީގައި ފޮއިލް އަޅައި ބަންދުކުރުމަށް ފަހު 3 ގަޑި އިރު ކައްކާށެވެ. އެއަށް ފަހު މަޑު ގިނީގައި ގަޑިއެއް ނުވަތަ ދެއޑިއެއް ހާއިރު ކައްކާށެވެ.

ކާން މޭޒުމައްޗަށް ނެގުމުގެ ކުރީން ކުކުޅު ކުކަރ އިން ނަގައި އުލަކުން މަސް ނޮޅާށެވެ. އަދި އަލުން ކުކަރގެ ތެރެއަށް ލުމަށްފަހު ސޯސްއާ މިކްސް ކުރާށެވެ. ރަހަ ބެލުމަށްފަހު ބޭނުންވާ ވަރަށް ރަހަތައް ހެޔޮވަރު ކުރާށެވެ. ބަތާ ނުވަތަ ރޮށި ނުވަތަ ބީންސް ފަދަ ތަރުކާރީ އަކާ އެކު ސާވް ކުރާށެވެ.

މި ރެސިޕީ އިން 6 މީހުންނަށް ސާވް ކުރެވޭނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.