މިއަދު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބަކީ އެންމެނަށްހުރި އިބުރަތެއް ކަމަށް ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އާފަތިހަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ އަދުލުވެރިކަމާއި އިހުސާންތެރިކަމާ ނުލައި ވެރިންނަށް ކާމިޔާބު ނުވާނެ ކަމަށް މިއިންތިޚާބުން އެނގިގެން ހިނގައްޖެ ކަމަށެވެ.
"މިއީ އެންމެނަށްހުރި އިބުރަތެއް. އަދުލުވެރިކަމާއި އިހުސާންތެރިކަމުގައި މެނުވީ ވެރިންނަށް ކާމިޔާބު ނެތްކަން ހާމަވެގެން މިދިޔައީ،" އުމަރު ވިދާޅުވިއެވެ. މިއަދު ބޭއްވި އިންތިޚާބު ކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު މީޑިއާ މެދުވެރިކޮށް ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރައްޔިތުންނާއި ގުޅިފައިވާ ޕާޓީތަކުގެ 4 ލީޑަރުންގެ މަސައްކަތުން ﷲ ދެއްވި ކާމިޔާބެއް ކަމަށެވެ.
އިބޫ ވިދާޅުވީ މިއަދުގެ އިންތިޚާބުގެ ނަތީޖާއަށް ރައީސް ޔާމީން އިހުތިރާމް ކުރައްވައި ސަރުކާރުގެ ބާރުތައް އައު ސަރުކާރާ ހަވާލުކުރުމުގެ ކަންތައް ލަސް ނުކުރައްވައި ކުރިއަށް ގެންދެވުމަށް ރައީސް ޔަމީނަށް ގޮވައިލައްވާ ކަމަށެވެ. ޖަލަށްލައިފައިވާ ސިޔާސީ ބޭފުޅުން ވަގުތުން މިނިވަން ކުރެއްވުމަށް ވެސް އިބޫވަނީ ރައީސް ޔާމީނަށް ގޮވައިލައްވައިފައެވެ.
Mifaharuge inthikhaabunq engigen midhiaee faisaaah nuganevey evves ehcheh mi dhuniyeyga lavvafa neiykan.
Yaameen ah libunee v bodu kaamiyaabeh. Iyye beybe ge hiyanee ga nikunnevi beyfulheh miadhu ekani maa ekani e libilevvee v bodu kaamiyaabeh. Beybe ah ves mihaaru egivadaiganna vaane mifaharu ge mi thaaeedh akee hama yaameen ah ekani llibunu thaaeedh kan