ވޯޓުލުން ފަށައިފި

މިއަދު ކުރިޔަށް ގެންދާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ރާއްޖޭގައި ފެށިގެން ދިޔައިރު ގިނަ ފޮށިތަކުގައި 8 ޖެހުމާއެކު ފެށުނު ނަމަވެސް ބަޔެއް ސަބަބަބުތަކާހުރެ ބަޔެއް ފޮށި ތަކުގައި ވޯޓުލުން ފަސްވި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

8 ޖެހިއިރު ފެށި ވޯޓުލުން ނިންމާލަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4 ޖެހުމުންނެވެ. ނަމަވެސް ބަޔެއް ކަހަލަ ސަބަބުތަކާހުރެ ވޯޓުލުން ފެށުން ލަސްވި ފޮށިތަކަށް ވޯޓުލުން 4 ޖަހާއިރު ނުނިމޭނެއެވެ. އެ ފޮށިތައް ބަންދު ކުރާނީ ވޯޓުލުން ފަސްވި ވަގުތު އަލުން އަނބުރައި ދިނުމަށް ފަހު ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

4 ޖަހާއިރު ވޯޓުލުން ނިމުމުމުން ފޮށި ބަންދު ކުރާތާ 30 މިނިޓުގެ ވަގުތު ކޮޅަކަށް ފަހު ވޯޓު ގުނަން ފަށާނެއެވެ. އިލެކްޝަން ކޮމިޝަނުން ބުނީ ރާއްޖެ އާއި ބޭރު ގައުމުތަކުގައި ބެހެއްޓި ފޮށިތަކުގެ ނަތީޖާ މިރޭ މެންދަމު 12 ޖެހުމާ ހަމައަށް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.