މީއީ ބަޔަކު ޖަލުން މިނިވަން ކުރުމަށް ބާއްވާ އިންތިޚާބެއްނޫން: ރައީސް

މިމަހު 23 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ފަސްވަރަކަށް ބޭފުޅުން މިނިވަން ކުރުމަށް ބާއްވާ އިންތިޚާބެއް ކަމަށް ދެކެވަޑައި ނުގެންނެވުމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ވިލިމާލޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެކިކަންކަމުގެ ހުކުމުގައި ޖަލުގައިވެސް ބޭފުޅުން ކޮޅެއް ތިއްބެވި ކަމަށެވެ. މިފަހަރުގެ އިންތިޚާބަކީ އެބޭފުޅުން ޖަލުން މިނިވަން ކުރެއްވުމަށް ބާއްވާ އިންތިޚާބެއް ކަމަށް ދެކެވަޑައިނުގެންނެވުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކިކަންކަމުގައި ޖަލުގައި ތިއްބެވި ބޭފުޅުންވެސް ގަބޫލުކުރައްވާ މި އިންތިޚާބަކީ ހަތަރު ފަސްބޭފުޅަކު ޖަލުން މިނިވަން ކުރުމަށް އޮތް އިންތިޚާބެއް ކަމަށް ދެކެވަޑައިނުގަންނަވާ. މިއިންތިޚާބަކީ ރައްޔިތުންނަށް އުންމީދު ހޯދައިދޭނެ އިންތިޚާބެއް. މިއިންތިޚާބަކީ ރައްޔިތުންނަށް ތަނަވަސް މުސްތަގުބަލެއް ހޯދައިދޭން ކުރެވޭ މަސައްކަތެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި އިންތިޚާބަކީ ޕީޕީއެމްގެ މެނިފެސްޓޯ އިއުލާން ވެގެންދާއިރު "އަޅުގަނޑުމެންގެ ޖީބަށްލާ ލާރި ބޯބޯ މައްޗަށް ބަހާލީމާ މިހާރުއޮތް އަދަދު ޑަބަލްވެގެންދާވަރު،" ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއިންތިޚާބުގެ ނަތީޖާއަކަށް ވެގެންދާންވާނީ "ދިވެހިރާއްޖޭގެ ހުރިހާ އެންމެން އުފަލާއެކީގައި އުޅޭ ދިވެހިރާއްޖެއަކަށް ބަދަލުވެގެން ދިޔުން،" ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.