ދަރަންޏަށް ފައިސާ ނަގައިގެން އެ ފައިސާ ބޭރު ބަޔަކަށް ދީގެން ފާލަން އަޅައި އެތަން ބަލަހައްޓަން އެމީހުންނާ ހަވާލު ކުރުމަކީ އަމިއްލަ ތަރައްގީއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ކުރީގެ މިނިސްޓަރ އައްބާސް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަލިމަސް ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ ޖަލްސާގައި މައުމޫން ރިފޯމް މޫވްމެންޓުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުންނެވެ.
އައްބާސް ވިދާޅުވީ މީގެ 50 އަހަރޔުކުރިން ވެސް ހުޅުލޭ ދެކުނުގައި އޮންނަ ގާދޫ ކިޔާރަށަކާއި ހުޅުލެއާ ދެމެދު ގަލުން ފާލަމެއް އެޅި ކަމަށެވެ. ތަރައްގީއަކީ އޭރުވެސް ރައްޔިތުން ދެކެމުން އައި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އައްބާސް ވިދާޅުވީ މައްސަލައަކީ އެހެންގެނަން ތަރައްގީ މީހުން ގިނަދުވަހު ހަނދާން ނުހުރުން ކަމަށެވެ.