ގަމުން 400 ގޯތި ދޫކުރަން ނިންމަވައިފި

ކުރިއަށްއޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ލ. ގަމުން 400 އެއްހާ ގޯތި ދޫކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ ގަމަށް ވަޑައިގެން ގަމުތުނޑީ ބަދަނރު ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގަމަކީ ބިންބޮޑު ރަށަކަށް ވިޔަސް އެރަށަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ އެރަށުން ގޯތި ލިބުމުގެ މައްސަލަ ކަމަށެވެ. އެހެން ކަމުން އެ މައްސަކައަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފޯމުތައް ހުށަހަޅައި އެގޯތިތައް ނެގުމުގެ އިންތިޒާރުގައި ތިއްބެވި ބޭފުޅުން ހަމަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މިކަން ކަށަވަރު ކުރައްވާ،" ރައީސް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތަށް ބަހުގެ ހަމަލާއެއް ދެއްވަމުން ރައީސް ވިދާޅުވީ 400 ގޯތި ލިބޭނެ ގޮތް ރައީސް ހައްދަވައި ދެއްވިޔަސް އެތަނުގައި ގެ އަޅާމީހުން ކޮންމެވެސް ކޮންކްރީޓަކުން ގެ ނޭޅުމަށެވެ. އޭގެ ބަދަލުގައި ދަނޑިފަނުން ގެ އެޅޭތޯ ބެލުމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އޭރުންނެއް ނޫންތީ ވައިރޯޅިއެއް ޖެހިލާއިރަށް ވަޔާދާނީ" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮންކްރީޓް ތަރައްގީއަށް އިދިކޮޅު ފަރާތްތަކުން ރުޅި އަންނަނީ ކީއްވެ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެކަމަކު ވެސް އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރާއްޖެއަށް އެ ތަރައްގީ ގެންނަވަން ކަމަށް ރައީސް ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.