ރައީސް ޔާމީން ދަންނަ ބަޔަކު ހުވަދު އަތޮޅުގައި ނުތިބޭނެ

ރައީސް ޔާމީން ދެނެވަޑައިގަންވާ ބަޔަކު ހުވަދުއަތޮޅުގައި ނުތިބޭނެ ކަމަށް ކޫއްޑޫގެ ކުރީގެ ރީޖަނަލް މެނޭޖަރު މަސްއޫދު އަހުމަދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ގއ. ވިލިގިލީގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެ މަސައްކަތް ކުރެއްވީ 30 އަހަރު ރާއްޖެއަށް ޚިދުމަތް ކޮށްދެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށްޓަކައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމަނިކުފާނު ރާއްޖެއަށް ކޮދެއްވި ޚިދުމަތަށްޓަކައި އެމަނިކުފާނުގެ ތަޖުރިބާ ބޭނުން ކުރައްވައިގެން ތަރައްގީގެ މަގުގައި ރާއްޖެ ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ އުންމީދު ރައީސް ޔާމީނާ މެދު އޭރުކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ކަންކަން ވެގެން މިހިސާބަށް އައީ ހީވެސް ނުކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްއޫދު ވިދާޅުވީ ރައީސް މައުމޫނަށްޓަކައި ރައީސް ޔާމީނަށް ވޯޓު ދެއްވިޔަސް ދެން އެމަނިކުފާނަށް ހުވަދޫ އޮތޮޅުން ލިބޭނެ ވޯޓެއް ނެތްކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހާ އެކު ވަރަށް ބޮޑު އުންމީދެއް މިހާރު އެބައޮތް ކަމަށާއި މަސްވެރިންނަށްޓަކައި ވެސް އެމަނިކުފާނު ދެއްވާ އިސްކަން ސްޕީޗުތަކުން ދޭހަވާ ކަމަށެވެ. އެހެންކަމުން ހުވަދު އަތޮޅު އޮންނާނީ އިބޫގެ ފަހަތްޕުޅުގައި ކަމަށް މައުސޫމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.