ބުރިޖުގެ ތަނަކު ރެނދެއްނުލާ، ބަޔަކު ދައުރު އެކުރަނީ އަވައްޓެރި ގައުމެއްގެ ބުރިޖުގެ ފޮޓޯއެއް- މުއިއްޒު

މާލެ އާއި ހުޅުމާލެ ގުޅާލުމަށްޓަކައި ހަދާފައިވާ ބުރިޖުގެ ތަނެއްގައި ރެނދު ލާފައިވާ ކަމަށްބުނެ ބަޔަކު ދައުރު ކުރަމުންދާ ފޮޓޯއަކީ ރާއްޖޭގެ ބުރިޖުގެ ފޮޓޯއެއް ނޫން ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުރިޖެއްގެ ތަނެއްގައި ރެނދު ލާފައިވާ މަންޒަރު ފެންނަ ގޮތަށް ދައުރު ކުރަމުންދާ ފޮޓޯއަކީ އަވައްޓެރި ގައުމެއްގެ ބުރިޖެއްގެ މަންޒަރު ކަމަށެވެ.

"ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އުފައްދަން ކުރާ، މިކަހަލަ ކޮންމެ ކަމަކުން ރައްޔިތުންގެ އަޒުމް އިތުރަށް ވަރުގަދަ ވަނީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދެއްވުމަށް" މުއިއްޒު ވިދާޅުވިއެވެ.

ބުރިޖުގެ މަސައްކަތް ފަށައިގަނެގެން ގިނަދުވަސް ތަކެއް ނުވަނީ ބުރިޖު މައްޗަށް ރާޅު އަރާ މަންޒަރު ފެންނަ ވޯޑިޔޯއެއްވެސް ސޯޝަލް މީޑިޔާގައި ދައުރު ވިއެވެ. އެއީ މާލެ އާއި ހުޅުމާލެ ދެމެދުގައި އަޅާ ބުރިޖަށް ރާޅު އަރާ މަންޒަރު ކަމަށްބުނެ ދައުރުކުރި އެވީޑިޔޯއަކީ އަވައްޓެރި މަލިކުގެ ބުރިޖެއްގެ މައްޗަށް ބިޔަ ރާޅުތަކެއް ޖަހާ މަންޒަރުކަން ފަހުން އެނގުނެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.