ހީކުރި ވަރަށްވުރެ ރިޕީޓް ފޯމްތައް ގިނަ: އީސީ

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ހީކުރިވަރަށްވުރެ ގިނައިން ރިޕީޓް ފޯމްތައް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނިއުސްކޮންފަރެންސްގައި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ރިޕީޓް ފޯމްތައް ގިނަވުމުން އެކަން ބަލަމުން ގެންދަވާ ކަމަށެވެ. "ރިޕީޓް ފޯމްތައް ހީކުރިވަރަށްވުރެ ގިނައިން ލިބިފައިވޭ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލިބިފައިވާ ފޯމުތަކަށް ބަލާއިރު އޭގެ ސައްހަކަން ކަށަވަރު ނުވާގޮތްގޮތަށް ވަރަށް ބައިވަރު ފޯމުތައް ލައިފައިވާ ކަމަށެވެ. "އޭގެ ތެރޭގައި ތަފާތު މުއައްސަސާތަކުން ނުވަތަ ތަފާތު ސިޔާސީ ޕާޓީތަކުން ފޯމުތައް ހުށަހަޅަމުންދިޔައިރުގައި އެފޯމުތައް ލަސްވެގެންނާއި އަދި އެނޫން ވެސް ގޮތްގޮތުން ރަޖިސްޓްރީވުން ލަސްވެގެން ދެވަނަފަހަރަށް ވެސް ފޯމު ހުށަހެޅިފައި އެބަހުރި،" ޝަރީފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.