އޮއިވާލި ކަނދުފަތި އެމްއެންޑީއެފްގެ ލޭންޑިން ކްރާފްޓަށް ނަގައިފި

މާލެ އަތޮޅު ރަސްފަރީގެ ހުޅަނގު ދެކުނުން އޮޔާ ދަނިކޮށް ފެނުނު އޮއިވާލި ކަނދުފަތި އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޭންޑިންގ ކްރާފްޓް (ކޮޅުވެއްޓި) އަށް ނަގައިފިއެވެ.

އޮޔާ ދިޔަ ކަނދުފަތި ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޭންޑިންގ ކްރާފްޓް މަސައްކަތްކުރަމުން ދަނިކޮށް، މި އޮއިވާލި ކަނދުފަތި ފެނިފައިވަނީ މާލެ އަތޮޅު ރަސްފަރީގެ އިރުން އެއް މޭލު ދުރުގައި އޮތް ގިރިއެއް ކައިރިން ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މި ކަނދުފަތި އޮޔާ ދާކަމުގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ 14:40 އެހައިކަންހާއިރުއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ނެގި މި ކަނދުފަތި ހުޅުމާލެގެނެސް ހަވާލުކުރާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާ އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.