ޓީޖީއެސްޓީގެ ގޮތުގައި ފަސްދޮޅަސް ހަ މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިއްޖެ

six-senses-laamu-maldives-conde-nast-traveller-1april14-pr

މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި، ރިސޯޓްތަކުން ޖީއެސްޓީގެ ގޮތުގައި ދައުލަތުގެ ބައިތުލްމާލަށް ފަސްދޮޅަސް ހަ މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިއްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމިގެންދިއަ އިރު، ސަތޭކަ ތޭވީސް ރިސޯޓަކުން ޖީއެސްޓީގެ ގޮތުގައި ފަސްދޮޅަސް ހަ މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިފައިވާކަމަށެވެ. ރިސޯޓްތައް ފިޔަވައި ދައުލަތުގެ ބައިތުލްމާލަށް ދެން އެންމެ ގިނައިން ޖީއެސްޓީ ދައްކާފައިވަނީ ރާއްޖޭގެ އެތެރޭގެ ވައިގެ އުދުހުންތަކުގައި ހިއްސާވާ ކުންފުނިތަކުންނެވެ. ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތަކުން ނިމިގެންދިއަ ފުރަތަމަ ކުއާޓަރގައި ޖީއެސްޓީގެ ގޮތުގައި ފަހެއް ޕޮއިންޓް އެކެއް މިލިއަން ޑޮލަރު ދައްކާފަ ވާކަމަށް މީރާއިން ބުނެއެވެ. އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތައް ފިޔަވައި ދެން އެންމެ ގިނަ އަދަދަކަށް ޖީއެސްޓީ ދައްކާ ފަރާތްތަކުގެ ތެރޭގަ ހިމެނެނީ ޓޫރިސްޓް ހޮޓާތަކާއި، ސަފާރީ ޔޮޓްތަކާއި، ޑައިވިން ސްކޫލްތަކުގެ އިތުރުން ގެސްޓްހައުސްތަކާއި ޓްރެވަލްއޭޖެންޓުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.