އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ގަލޮޅުގައި ދޮރުންދޮރަށް ހިންގަވަނީ

ަގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގަލޮޅުގައި  ދޮރުންދޮރަށް ހިންގަވަން ފަށްޓަވައިފިއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ކެންޕޭން ކުރެއްވުމަށްޓަކައި އިބޫ މިއަދު ފެއްޓެވި މި ހަރަކާތަށް ގަލޮޅުގެ ގެތަކުން ބޮޑުތަރުހީބެއް ލިބެމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. މިހަރަކާތުގައި އިބޫ ގެންދަވަނީ މީހުންނަށް ދިމާވެފައިވާ މައްސަލަތަކާއި މީހުންގެ ހާލުއަހުވާލު ބައްލަވައި ކެންޕޭން ކުރައްވަމުންނެވެ.

އެމަނިކުފާނު ވަނީ ވަރަށްފަހުން ކެންޕޭން ދަތުރެއްގައި ހދ.އަތޮޅުގެ 13 ރަށަކަށް ވެސް ވަޑައިގެންފައެވެ. އޭގެއިތުރަށް ތ.އަތޮޅަށް ވެސް ވަޑައިގެންނެވިއެވެ. އިބޫއާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ގެންދަވަނީ ދެބޭފުޅުން ވަކިވަކިން އެކިއަތޮޅުތަކުގެ އެކިރަށްރަށަށް ވަޑައިގެން ކެންޕޭން ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.