ޔަމަނުގައި މެދުކެނޑިފައި އޮތް މަޝްވަރާތައް މިއަދު އަލުން ފަށަނީ

images

ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލު ހޯދުމަށް އދ.ގެ އިސްނެގުމާ އެކު ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުން މިއަދު ކުވެއިތުގައި ފަށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާ ކަމަށް އދ.އިން ބުނެފިއެވެ.

މިއަދު އޮންނަ މަޝްވަރާތަކުގައި އިދިކޮޅު ފަރާތްތަކާއި ސަރުކާރުގެ އޮފިޝަލުން ވެސް ބައިވެރިވާނެއެވެ.

ކުރިން މިދިޔަ ހޯމަ ދުވަހު މި މަޝްވަރާތައް ފެށުމަށް ހަމެޖހިފައި ވީނަމަވެސް ހަމަލާތައް މެދުކަނޑާލުމަށް އޭޕްރިލް މަހުގެ ދިހަ ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާ ސަރުކާރުން ޚިލާފުވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ މަޝްވަރާގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ.

އދ.އިން އިތުރަށް ބުނީ ޔަމަނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ބޯފެނާއި، ބޭސް ފަދަ ތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ހޫޘީ ހަނގުރާމަވެރިން ދަނީ ޔަމަނުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

މި ހަނގުރާމައިގައި ގާތްގަނޑަކަށް 6000 މީހުން މަރުވެފައި ވާއިރު،މިދިޔަ އަހަރުން ފެށިގެން އެމެރިކާ އިން އިސްވެ އޮވެ އުފެއްދި ޢަރަބި ޤައުމުތަކުގެ ކޯލިޝަނުން ދަނީ ހޫޘީންނާ ދެކޮޅަށް ޙަމަލާ ދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.