އެވަޓަންގެ މައްޗަށް ލިވަޕޫލް ކާމިޔާބު ހޯދައިފި

_89360850_danielsturridge

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ލިވަޕޫލް އާއި އެވަޓަން ބައްދަލުކުރި މެޗް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މިމެޗް ހަތަރެއް ސުމެއްގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލެވެ. މެޗްގައި ލަނޑުތައް ކާމިޔާބުކޮށްދިނީ އޮރިގީ، ސަކޯ، ސްޓަރިޖް އަދި ކުޓީނިއޯއެވެ. މެޗުގައި އެވަޓަންގެ ޑިފެންޑަރ ރަމިރޯ ފުނެސް މޯރީ އަށް ވަނި ރަތް ކާޑު ދައްކާ ދަނޑުން ބާލާފައެވެ.

ޕްރިމިޔަރލީގްގައި ރޭގެ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު މެންޗެސްޓަރ ޔުނައިޓެޑް އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗް، ދޭއް ސުމެއްގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޔުނައިޓެޑެވެ.

އޯލްޑް ޓްރެފާރޑްގައި ކުޅުނު މިމެޗްގެ އެންމެ ފުރަތަމަ ލަނޑަކީ ޑިލޭނީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޔުނައިޓެޑްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މަޓެޔޯ ޑާމިއާނެވެ.

 

އިނގިރޭސި ޕްރިމިޔަރލީގްގަ ރޭ ވެސްޓްހަމް އާއި ވޮޓްފޯޑް ކުޅުނު މެޗް ތިނެއް އެކަކުން ކާމިޔާބުކުރީ ވެސްޓްހަމެވެ. ބޯލީން ގްރައިންޑް ގައި ކުޅުނު މިމެޗްގައި ވެސްޓްހަމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެންޑީ ކެރަލް އަދި ލިބުނު ދެ ޕެނަލްޓީން މާކް ނޯބަލްވަނީ އިތުރު ދެގޯލް ކާމިޔާބުކޮށްފައެވެ.

ވޮޓްފޯޑްއަށް ސުން ކަނޑުވާލަދިނީ ޕްރާޑަލެވެ.

ރޭގެ މެޗްތަކަށްފަހު އިނގިރޭސި ޕޮއިންޓް ތާވަލަށް ބަލާލައިރު ފަންސާސް ހަތަރު ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައި ލިވަޕޫލް އޮތް އިރު، 56 ޕޮއިންތާއެކު ވެސްތްހަމް އޮތީ ލީގްގެ ހަވަނައިގައެވެ. އަދި 59 ޕޮއިންޓާއެކު މެންޗެސްޓަރ ޔުންއިޓެޑް އޮތީ ތަވަލްގެ ފަސްވަނައިގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.