މޮޒަމްބީކުން ފެނުނީ އެމްއެޗް 370 ގެ ބައިތަކެއް!

images

މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އާއި މިއަހަރުގެ ފެބްރުއަރީ މަހު މޮޒަމްބީކް އިން ފެނުނު، މަތިންދާބޯޑެއްގެ ބައިތަކެއްކަމަށް ބެލެވޭ ދެ އެއްޗަކީ ގެއްލިފައިވާ އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ކަށަވަރުވެއްޖެއެވެ.

މިކަން ކަށަވަރުކޮށްދީފައިވަނީ ދި އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯ އިން ނެރުނު ޓެކްނިކަލް އެގްޒަމިނޭޝަން ރިޕޯޓުންނެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ މޮޒަމްބީކްއިން ފެނުނު ދެ އެތިގަނޑުގައިވާ ނަމްބަރުތަކާއި ބަސްތައް ލިޔެފައިވަނީ މެލޭސިއަން އެއާލައިންއިން ބޭނުން ކުރާ ފޮންޓާއި ކުލަ ބޭނުންކޮށްގެން ކަމަށެވެ.

އަދި މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު މޮޒަމްބީކްގެ އަތިރިމަތިން ފެނުނީ އެމްއެޗް 370 ގެ ފްލެޕް ޓްރެކް ފެއެރިން ގެ ބައެއްކަމަށް ވެސް އެރިޕޯޓުގައި ވެއެވެ. މީގެއިތުރުން ފެބްރުއަރީ 27 ވަނަ ދުވަހު މޮޒަމްބީކްގެ އަތިރިމަތިން ފެނިފައިވަނީ އެ ފްލައިޓްގެ ހޮރިޒޯންޓަލް ސްޓޭބަލައިޒަރ ޕެނަލްގެ ބައެއްކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމްއެޗް 370 އަކީ އޭވިއޭޝަންގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ އެންމެ ގޮތްނޭނގޭ ހާދިސާކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. މެލޭޝިއަން އެއާލައިންގެ އެމްއެޗް 370 ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ މާޗް އަށްވަނަ ދުވަހު 239 މީހުން ގޮވައިގެން މެލޭސިއާއިން ފުރައިގެން ޗައިނާގެ ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.