މަޅުމަތި: ނުބައި ފަރުވާ

އުނަގަނޑުގައި ރިއްސާތާ މިހާރު މަހެއްހައި ދުވަސް ވެއްޖެއެވެ.

ސީދަލަކަށް ނުއެއް ހުރެވެއެވެ.

ގުދެއް ނުވެވެއެވެ.

ވަކި މިންވަރެއްގައި ހިފަހައްޓައިގެން ނޫނީ ނޭވައެއްވެސް ނުލެވެއެވެ.

ޑަކްޓަރު ބޭސް ލިޔެ ދީފިއެވެ.

ބޭސް ގަނެގެން ގެއަށް އައިސް ކައިފީމެވެ.

ވީ ކަމެއް ހަރާމެވެ.

އުނަގަނޑުގައި ރިއްސާ ވަރުން އެބަ ރިއްސައެވެ.

އަނެއްކާ އެހެން ޑަކްޓަރަކަށް ދައްކައިފީމެވެ.

އޭނާ ވަރަށް ރަނގަޅަށް މުޢާއިނާކޮށް ބަލައިފިއެވެ.

އަދި ކުރީގެ ބޭސް ސިޓީވެސް ބަލައިފައި ބުންޏެވެ.

ކުރިން ދީފައި މިހިރީއަކީ ކަލޭގެ ބައްޔާ ގުޅޭ ބޭހެއް ނޫނެވެ.

ދީފައި ހުރީ ގައި ހިރުވާތީ ދޭ ބޭހެކެވެ.

އަހަރެން މިދޭ ބޭސް ބޭނުން ކުރާށެވެ.

އަހަރެން ޑަކްޓަރުގެ ކޮޓަރިން ނުކުމެއްޖައީމެވެ.

މި ފަހަރުގެ ބޭސް ވާނީ ބައްޔާ ގުޅޭ ބޭހަކަށް ކަމުގައި ހީކޮށް އުފަލުންނެވެ.

ނުކުތް އިރު ކުރިމަތީން ފެންނާން ހުރި ޓީވީން "ހޫނު ޚަބަރު" ފެންނާން އޮތެވެ.

"ދަންމަރު ޓީވީ ހަތަރު މިލިއަން ރުފިޔާއިން ޖުރުމާނާ ކޮށްފި."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.