ކާބުލްއަށް ދިން ހަމަލާއެއްގައި 20 އަށްވުރެ ގިނަ މަރު!

Afghan security forces inspect the site of suicide car bomb attack on a government security building in Kabul, Afghanistan April 19, 2016. REUTERS/Mohammad Ismail

Afghan security forces inspect the site of suicide car bomb attack on a government security building in Kabul, Afghanistan April 19, 2016. REUTERS/Mohammad Ismail

އަފްޣާނިސްތަނުގެ ކާބުލްއަށް ތާލިބާނުން ދިން ޖާނުން ފިދާވުމުގެ ޙަމަލާއެއްގައި ވިއްސައްވުރެ ގިނަ މީހުން މަރުވެ ތިންސަތޭކައަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

މި ހަމަލާ ދީފައިވަނި ހެނދުނުގެ އެންމެ ކާރޫބާރޫ ބޮޑު ވަގުތެއްގައި ސަރުކާރުގެ މައި އިދާރާއަކަށް އަމާޒުކޮށް ކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކުރެއެވެ.

ފުރެންދެން ގޮވާތަކެތި އަރުވާފައިވާ ވެހިކަލެއް ކާބުލްގެ މުހިއްމު ސަރަހައްދެއްގެ ސަރުކާރުގެ އިމާރާތެއްގެ ކުރިމައްޗަށްގޮސްވަނީ ގޮއްވާލާފައެވެ. މަންޒަރުދުށް ފަރާތްތަކުން ބުނެފައިވާގޮތުގައި މިޙަމަލާ ދީފައިވަނީ ގްރޫޕަކުންނެވެ.

މި ހަމަލާދިންތާ މާގިން އިރު ތަެކއްނުވެ ތާލިބާނުންވަނީ ހަމަލާ ދިނުމުގެ މޫސުން ފެށުނީ ކަމަށާއި ހިނުކުރާވަރުގެ ނުރައްކާތެރި ހަމަލާތައް ދޭނެ ކަމަށް ބުނެ މި ހަމަލާގެ ޒިންމާ އުފުލާފައެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވަނީ މިހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

އަދި މިއީ 2011 ވަނަ އަހަރުގެ ފަހުން އަފްޣާނިސްތާނަށްދިން މިފަދަ އެންމެއަނިޔާވެރި ޙަމަލާކަމަށް ޣަނީ ވަނީ ވިދާޅުވެފައެވެ.

އަފްޣާނިސްތާނުގެ ރައީސްގެ ރަސްމީ ގެކޮޅުހުންނަނީ މި ޙަމަލާ އަމާޒުކުރި ސަރަޙައްދާ މާދުރުނޫން ހިސާބެއްގައިކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.