'ދަ ސްކައި އިޒް ޕިންކް' ގެ ޝޫޓިން ފަށައިފި

ޕްރިޔަންކާ ޗޯޕްރާގެ ކުރިއަށް އޮތް ބޮލީވުޑް ޕްރޮޖެކްޓް 'ދަ ސްކައި އިޒް ޕިންކް' ގެ ޝޫޓިން ބުދަ ދުވަހު ފަށައިފިއެވެ. ބުދަ ދުވަހު ހެނދުނު ފިލްްމްގެ ޓީމާ އެކު ނަގާފއިވާ ފޮޓޯ އެއް ޕްރިޔަންކާ ވަނީ ސޯޝަލްމީޑިއާގައި ޝެއަރ ކޮށްފައެވެ. ފޮޓޯ ގައި ފިލްމުގެ ޑައިރެކްޓަރު ޝޮނާލީ ބޯޒް އާއި ކޯސްޓާރުން ކަމަށްވާ ފަރްހާން އަޚްތަރް އާއި ޒާއިރާ ވަސީމް އާއި ޕްރޮޑިއުސަރުން ތިއްބެވެ.

ޕްރިޔަންކާގެ ސޯޝަލްމީޑިއާގައި ބުނެފައިވަނީ ބައެއް ވަހަކަތަކަކީ ކިޔައިދޭން ޖެހޭ ވާހަކަތައް ކަމަށެވެ. މިފިލްމަކީ އައިޝާ ޗޯދްރީ އާއި އޭނާގެ މައިންބަފައިންގެ ހިތްވަރުން ހިތްވަރު ލިބި އުފައްދާ ފިލްމެއް ކަމަށް ޕްރިޔަންކަ ވަނީ ބުނެފައެވެ. އައިޝާ ޗޯދްރީ ވަނީ ކެންސަރަށް ފަރުވާ ހޯދަމުންދަނިކޮށް މަރުވެފައެވެ. އޭނާއަށް ަފަރުވާ ދޭން ފެށީ އުމރުން 13 އަހަރުގައެވެ. އޭނާ އަކީ މޯޓިވޭޝަނަލް ސްޕީކަރ އެކެވެ. އައިޝާ ގެ ރޯލު ކުޅެނީ 'ދަންގަލް' އަދި 'ސީކްރެޓް ސުޕަރސްޓަރ' ގެ ތަރި ޒާއިރާ ވަސީމް އެވެ. ފަރްހާން އަޚްތަރް އާއި ޕްރިޔަންކާ ކުޅެނީ އޭނާގެ މަންމަ އާއި ބައްޕަގެ ރޯލެެވެ.

https://instagram.com/p/BmNNp17FOOw/

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.