އުތުރުކޮރެއާއިން އަނެއްކާވެސް ނިއުކްލިއަރ ޓެސްޓެއްކުރަނީ!

3693b5865d1f4b24bcccf49f2b4cb3b2_18

އުތުރުކޮރެއާއިން އަނެއްކާވެސް ނިއުކްލިއާ ޓެސްޓެއް ކުރަންތައްޔާރުވަމުންދާކަމަށް ދެކުނުކޮރެއާގެ ރައީސް ތުހުމަތުކުރައްވައިފި.

މިއީ އުތުރުކޮރެއާގެ ނިއުކްލިއާ މައްސަލާގައި އދ.އާއި ބައިނަލް އަޤުވާމީ ޤައުމުތަކުން އެޤައުމާމެދު ފިޔަވަޅު އަޅާފައިވަނިކޮށް، އެފަރާތްތަކަށް ގޮންޖެހުންކަމަށް ދެކުނުކޮރެއާގެ ރައީސް ތުހުމަތުކުރައްވާފައިވެއެވެ. އަދި މިއީ އުތުރުކޮރެއާއިން ޓެސްޓްކުރާ ފަސްވަނަ ނިއުކްލިއާރ މިސައިލްކަން ފާހަގަކުރައްވައި ދެކުނުގެ ރައީސް ވިދާޅުވެފައިވަނީ، މިހާ ހިސާބުން ބައިނަލް އަޤުވާމީ ދުނިޔެއިން އުތުރާމެދު ދެވަނަ ވިސްނުމަކަށްދާންޖެހިފައިވާކަމަށެވެ.

މިކަމަށްޓަކައި އުތުރުކޮރެއާގެ "ޕުންގިޔޭ-ރީ" ނަމަކަށްކިޔާ ނިއުކްލިއާ މަރުކަޒު މިހާރުވަނީ ޔައްޔާރަށްކަމަށް، ދެކުނު ކޮރެއާގެ އިންޓެލިޖެންސް އޮފިޝަލަކާ ހަވާލާދީ އެޤައުމުގެ މިޑިއާތަކުގައިވަނީ ރިޕޯޓުކޮށްފައެވެ.

އުތުރުކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި ދެކުނު ކޮރެއާ ކަންބޮޑުވެފައިވައިރު، އުތުރު ކޮރެއާއިންދަނީ ހުއްޓާނުލާ ނިއުކްލިއަރ ހަތިޔާރު ޓެސްޓުކުރަމުންދާނެ ކަމުގެ އިންޒާރު ދެމުންނެވެ.

އުތުރުކޮރެއާގެ ލީޑާރ ކިމް ޖޮންގް އުން ވިދާޅުވެފައިވަނީ ނިއުކްލިއަރ ހަތިޔާރުގެ ޓެސްޓަކާއި އަދި ބެލިސްޓިކް މިސައިލްތަކުގެ ޓެސްޓުތައް އަދިވެސް ކުރިއަށްގެންދާނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.