ސްޓޯކް ސިޓީ 0 - 4 ޓޮޓެންހަމް ހޮޓްސްޕަރ

1786

އިނގިރޭސި ޕްރިމިޔަރލީގްގައި ރޭ ސްޓޯކް ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕަރ ބައްދަލުކުރިމެޗް ޓޮޓެންހަމް ކާމިޔާބުކޮށް، ތާވަލްގެ ދެވަނައިގައި އެޓީމް ހަމަޖެހިލައިފިއެވެ.

ސްޓޯކްގެ ބްރިޓޭނިއާ ސްޓޭޑިއަމްގަ ކުޅުނު މިމެޗް، ސްޕަރސް މޮޅުވީ ހަތަރެއް ސުމަކުން.. މެޗްގައި ސްޕަރސް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ހަރީ ކޭން، އަދި އާލީއެވެ. މެޗްގައި ހަރީ ކޭން އަދި އާލީ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. މި މެޗަށްފަހު އިނގިރޭސި ޕްރިމިޔަރލީގް ޕޮއިންޓް ތާވަލްގަ ސްޕަރސް އުޅެނީ ފަސްދޮޅަސް އަށް ޕޮއިންޓާއިއެކު ދެވަނައިގައެވެ. އަދި ސްޓޯކް ސިޓީ އުޅެނީ ސާޅީސް ހަތް ޕޮއިންޓާއެކު ނުވަ ވަނައިގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.