ރައްޔިތުން ބޭނުންވަނީ މިނިވަންކަމާއި ހަމަހަމަކަން: އަލީޒާހިރު

ތަރައްގީގެ މަޝްރޫއުތަކާއި އެއާގުޅޭ އެހެން ކަންކަމަށްވުރެ ކުރިން ރައްޔިތުން ބޭނުންވަނީ އަދުލު އިންސާފާއި، މިނިވަންކަމާއި ހަމަހަމަކަން ކަމުގައި އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

 ގުޅިފައިވާ ޕާޓީތަކުން ލ.ގަމު ތުނޑީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައްޔިތުންގެ ތެރޭގައިވަނީ ފާޑެއްގެ ބިރުވެރި ކަމެއް އުފައްދައިފައި ކަމަށެވެ. ރައްޔިތުން ތަރައްގީ ބޭނުންވަނީ އެފަދަ ބިރުވެރިކަން ނައްތާލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ފާޑެއްގެ ބިރުވެރިކަން އުފައްދާފައި. އެކަންކަން ނިމުމަށްފަހު ރައްޔިތުން ތަރައްގީގެ މަޝްރޫއުތަކަށް އެދެނީ،" އަލީ ޒާހިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސެޕްޓެމްބަރ 23 ގައި ނަގަނާ ވޯޓުގައި "އަނިޔާވެރިކަން" ނިމުމަކަށް ގެނެސް ރައްޔިތުންން ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިދުވަސްވަރު ވޯޓުހޯދުމުގެ ނަމުގައި މާލީ އަދި މާއްދީ ހުށަހެޅުންތައް ހުށަހަޅަމުން ގެންދާނެ ކަމަށެވެ. އެހެންނަމަވެސް އެގޮތަށް ދިއްކޮށްލާ ސިޓީ އުރަކަށް، ޓިކެޓަކަށް ޒަމީރު ގަބޫލުކުރާގޮތް ބަދަލު ނުކުރުމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.