އާފަތިހުގެ ލިޔުންތެރިޔާ މުޙައްމަދު ޢަބްދުﷲ ގެ ބައްޕަ ނިޔާވެއްޖެ

އާފަތިސް ނޫހުގެ ބޭރުޚަބަރު ލިޔުއްވާ ލިޔުންތެރިޔާ މުޙައްމަދު ޢަބްދުﷲ (ޕްރޯ) ގެ ބައްޕަ ޢަބްދުﷲ ދީދީ، ސ. ހިތަދޫ، ޖަވާހިރުވާދީ (ކުނޑީގޭ ޢަބްދުﷲ) ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ ފަތިހު 5:10 އެހައިކަންހާއިރުއެވެ. ނިޔާވި އިރު ޢުމަރަކީ 90 އަހަރެވެ.

ޢަބްދުﷲ ދީދީއަކީ ހިތަދޫގައި އުފެދުނު ތެދުއުއި ވަޑާމަށް ކުޅަދާނަ މީހުންގެ ތެރޭގައި ހިމެނޭ މަޝްހޫރު ވަޑިއެކެވެ. އެ މަސައްކަތުގައި ގާތްގަނޑަކަށް އޭނާ ވަނީ 60 އަހަރު ހޭދަކޮށްފައެވެ.

ނިޔާވިއިރު ދެ އަންހެން ކުދިންނާއި 2 ފިރިހެން ކުދިންނާއި އަންބަކު ދުނިޔޭގައި އެބަތިބި އެވެ.

ޢަބްދުﷲ ދީދީގެ ކަށުނަމާދު ކުރުން އޮތީ މިއަދުގެ ޢަޞްރު ނަމާދަށްފަހު ހިތަދޫ ހުކުރު މިސްކިތުގައެވެ. ވަޅުލައިފައިވަނީ ހިތަދޫ ސަހަރާގައެވެ.

މުޙައްމަދު ޢަބްދުﷲ ގެ ބައްޕަ ނިޔާވުމުގެ ހިތާމައިގައި އާފަތިހުގެ މެނޭޖުމެންޓާއި މުވައްޒަފުން ބައިވެރިވަމެވެ. އަދި އާފަތިހުގެ މެނޭޖުމެންޓާއި ކިޔުންތެރިންގެ ނަމުގައި މުޙައްމަދު ޢަބްދުﷲ އަށާއި ޢާއިލާއަށް އިޚުލާޞްތެރި ތަޢުޒިޔާ ދަންނަވަމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.