ޑރ. ސުނީނާއަށް ޖެންޑަރ މިނިސްޓަރުގެ ނާއިބުކަން ދެއްވައިފި

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ރައީސް ޔާމީން އެމަގާމަށް މިއަދު އައްޔަން ކުރެއްވީ ގދ. ރަތަފަންދޫ، ކާނިގަސްދޮށުގޭ، ޑޮކްޓަރ. ސުނީނާ ރަޝީދެވެ.

ޑރ. ސުނީނާއަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވައި އެދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން އިންނެވި ބޭފުޅެވެ. އޭނާއަކީ ދިވެހިގައުމީ ޔުނިވަރުސިޓީން އެންމެ ފުރަތަމަ ޕީއެޗުޑީ ހެއްދެވި ދެބޭފުޅުންގެ ތެރެއިން އެއްބޭފުޅާއެވެ.

ޑރ. ސުނީނާ ވިދާޅުވީ އިލްމީގޮތުން ލިބޭނެ އެންމެމަތީ ސެޓްފިކެޓް (ޕީއެޗުޑީ) ހާސިލް ކުރެވުނީ ދައުލަތުން ބޮޑު ޚަރަދެއް ކުރައްވައިގެން ކަމަށެވެ. އެހެންވީމާ ގައުމަށް އެވަގުތަކު ބޭނުންވާ ކޮންމެ ދާއިރާއެއްގައި ވެސް މަސައްކަތް ކުރައްވަން ތައްޔާރަށް އިންނެވި ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.