ބްރިޖުގައި ދަތުރު ކުރުމަށް ނުވަ ބަސް މާލެ ގެނެސްފި

މާލެއާއި ހުޅުލެއާ ދެމެދު އަޅައިފައިވާ ބުރިޖުގައި ދަތުރު ކުރުމަށް 9 ބަސް މިއަދު މާލެ ގެނެސްފިއެވެ.

މިބަސްތައް ގެނައީ ބުރުޖުގައި ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ހަވާލުކޮށްފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. މިއަދު 9 ބަސް ގެނެސްފައިވިޔަސް ޖުމްލަ 22 ބަސް ބުރިޖުގައި ދަތުރު ކުރުމަށް ބޭނުން ކުރާނެއެވެ. އޭގެތެރޭގައި 30 މީހުންގެ ޖާގައިގެ ކުދި ބަސްތަކާއި 100 މީހުންގެ ޖާގައިގެ ބަސްތައް ވެސް ހިމެނެއެވެ. މިބަސްތައް ގެނައުމަށް ހަމަޖެހިފައިވަނީ އެކިފަހަރު މަތިންނެވެ.

އެމްޕީއެލްއިން މިހާރުވަނީ 45 ބަސް ޑްރައިވަރުން ހޯދަން ވެސް އިއުލާން ކުރައްވައިފައެވެ. ބުރިޖު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަސްތެރޭގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.