ވިހި ރަށެއްގެ ނަރުދަމާ ގާއިމް ކުރަން ލަންކާ ކުންފުންޏަކާ ހަވާލު ކޮށްފި

ރާއްޖޭގެ 20 ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ސްރީލަންކާގެ ހޭކަބު ކުންފުންޏާ މިއަދު ހަވާލު ކުރައްވައިފިއެވެ.

ފެނަކައިގެ ފަރާތުން ހަވާލުކުރި މި ޕްރޮޖެކްޓަކީ 866 މިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެކެވެ. އެރަށްރަށުގައި ނަރުދަމާގެ ނިޒާމް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ފެނައިކައިގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމްއާނެވެ. ހޭކަބް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ރަޖިތަ ކަރިއަވަސްނާއެވެ.

މިއީ 2013 ވަނަ އަހަރުގެ ރައީސް ވެވަޑައިގެންފައިވާ "ނަރުދަމާއިން އުންމީދީ ދިރިއުޅުން" ގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަޝްރޫއު ނިންމަން ދެއްވާފައިވަނީ ދޮޅުއަހަރުގެ މުއްދަތެކެވެ. ނަރުދަމާ ގާއިމް ކުރުމަށް ހަމަޖައްސައިފައިވާ ރަރަށްރަށަކީ ހއ. މާރަންދޫ، ހއ. ވަށަފަރު، ހދ. ފިނޭ، ހދ. ވައިކަރަދޫ، ށ. ފޯކައިދޫ، ނ. މާފަރު، ނ. ޅޮހި، ރ. ކިނޮޅަސް، ބ. ކަމަދޫ، ބ. މާޅޮސް، ބ. ގޮއިދޫ، ޅ. އޮޅުވެލިފުށި، ކ. ގުޅި، އއ. ފެރިދޫ، ވ. ކެޔޮދޫ، އދ. ދިގުރަށް، ތ. ހިރިލަންދޫ، ގއ. ދެއްވަދޫ އަދި ގދ. ހޯނޑެއްދޫ އއ. މަތިވެރި އެވެ.

މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ތިމާވެއްޓާބެހޭ ވަޒީރު ތާރިގު އިބްރާހީމެވެ. އެމަނިކުފާނު ވިދާޅުވީ ފާއިތުވި 4 އަހަރުގެ ތެރޭގައި 22 ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައި ކަމަށެވެ. މިހާރު ވެސް 83 ރަށުގައި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އެމަސައްކަތަށް އެއް ބިލިއަނެއްހާ ރުފިޔާ ޚަރަދު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.