ބްރެޒިލް ރައީސާގެ ފާޑުކިއުންތައް ނައިބުރައީސަށް!

images

ބްރެޒިލްގެ ރައީސާ ޑިލްމާ ރޮސެފްގެ އިތުބާރުނެތްކަމުގެ ވޯޓު އެގައުމުގެ މަޖިލީހުން ނެގުމަށް ހަމަޖެހިފައިވާއިރު، އެކަމުގެ ޒިންމާ ނެގަންޖެހޭނީ ނައިބްރައީސް ކަމަށް ޑިލްމާ ރޮސެފް ވިދާޅުވެއްޖެއެވެ.

ޑިލްމާ މިހެން ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން އެކަމަނާ ދެއްވި އޯޑިއޯ މެސެޖެއްގައެވެ. އެ މެސެޖުގައި އެކަމަނާ ވިދާޅުވީ އިތުބާރުނެތްކަމުގެ މައްސަލައެއް ފެންމަތިކޮށް ހިންގަމުންދަ ބޮޑު މައްސަލަގަނޑަކީ ނައިބްރައީސް އަޑީގައި ހުރެ ވެރިކަން ބަދަލުކުރުމަށް ހިންގާ ޖަރީމާއެއްކަމަށެވެ. މިކަމުގައި އެކަމަނާގެ އެޑްވައިޒަރައާއި އަދި ކުރީގެ ރައީސްގެވެސް އަތެއްވާކަމަށް އެކަމަނާވަނީ ތުހުމަތުކުރައްވާފައެވެ.

ބްރެޒިލްގެ ރައީސާ ޑިލްމަ ރޮސެފްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފެންމަތިވެފައިވަނީ 2014ވަނައަހަރު އެކަމަނާގެ ކެމްޕެއިނާއި ދިމާކޮށް ބްރެޒިލްގެ އިގްތިސާދީ ސިޔާސަތުތައް ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައެވެ. ބްރެޒިލްއަކީ ދުނިޔޭގެ ހަތްވަނައަށް އެންމެ ބޮޑު އިގްތިސާދުނަމަވެސް އެ ސިޔާސަތުތަކަށް އައި ބަލިކަށިކަމާއި މިހާތަނަށް އެގައުމުދުށް އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައާއިއެކު މިހާރު ބްރެޒިލްގެ އިގްތިސާދުވަނީ ހީނަރުކަމެއްގެ ތެރޭގައެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވާއިރު އިތުބަރު ނެތްކަމުގެ ވޯޓުނެގުމަށް ފާސްކުރެވުނީވެސް ކުރީން ހީކުރެވުނު ގޮތާއި ޚިލާފަށް ކޮމިޓީގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ. ސިޔާސީ މައިދަނުގައި ދެމިހުރުމަށްޓަކައި އެކަމަނާއަށް ކުރެވޭނޭ އެންމެ ފަހުގެ މަސައްކަތްތައް ގިނިކަންޏާ ކުރަމުންދާއިރު، އެކަމަނާގެ މުޅު ސަރުކާރުވެސް ވަނީ ނުކުޅެދިފައެވެ.

މިކަންތައްތަކާއި ގުޅިގެން އަންގާރަދުވަހު ގްލޯބޯ ނިއުސްއަށް ނައިބުރައީސް މިޝާލް ޓެމަރ ދެއްވި އިންޓާރވިއުއެއްގައި އެމަނިކްފަނު ވިދާޅުވީ، ތަގްދީރުގައި ރައީސްގެ މަގާމް ފުރުމުގެ ނަސީބު އޭނާއަށް ލިބެން އޮތްނަމަ އެކަން ކުރުމަށް އޭނާ ފަހަތަށް ޖެހިވަޑާއިނުގަންނަވާނޭކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.