ޔުއެފާ ޗެމްޕިއަންސްލީގް : އެތްލެޓިކޯ މެޑްރިޑް ސެމީއަށް

3178

ބާސެލޯނާ ކަޓުވާލުމަށްފަހު ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ޖާގައެއް އެތްލެޓިކޯ މެޑްރިޑް ހޯދައިފިއެވެ.

ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ޖާގައެއް އެތްލެޓިކޯ ހޯދާފައިވަނީ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގްގައި ރޭ ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް ކުޅުނުމެޗް ދޭއް ސުމެއްގެ ނަތީޖާއިން ކާމިޔާބުކޮށް، ދެމެޗްގެ ޖުމްލަ ނަތީޖާ ތިނެއް ދޭކުން ކުރިހޯދައިގެންނެވެ.

މި ދެޓީމްގެ ދެމެދުގައި ކުޅުނު ކުއާޓަރ ފައިނަލުގެ ފުރަތަމަ މެޗް ދޭއް އެކެއްގެ ނަތީޖާއަކުން ބާސާ ކާމިޔާބުކޮށްފައިވަނިކޮށް، ރޭގެ މެޗް އެތްލެޓިކޯ ކާމިޔާބުކުރީ ދޭއް ސުމެއްގެ ނަތީޖާއަކުންނެވެ. ރޭގެ މެޗްގައި އެތްލެޓިކޯގެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ގްރިޒްމަނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.