ބާރަ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސްޕްރީމް ކޯޓުން ދެންމެ ކަނޑައަޅައިފިއެވެ.

އެކޯޓުން މިގޮތަށް ނިންމެވީ ފެބުރުއަރީ މަހު އެއްވަނަ ދުވަހު އެކޯޓުން ނެރެފައިވާ އަމުރުގައި އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އޮތް އޮތުން ބާތިލް ކުރެއްވުމަށް ފަހުގައެވެ.

ފެބުރުއަރީ އެކެއްގެ އަމުރާ ގުޅިގެން ދައުލަތުގެ ބަންޑާރަ ނާއިބުވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެކަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ.

އެއާ ގުޅިގެން ސްޕްރީމް ކޯޓުން މިއަދު އިއްވި ހުކުމް ބާތިލްވެގެންދިޔައީ ފްލޯ ކްރޮސިންއާ ބެހޭގޮތުން ސްޕްރީމް ކޯޓުން ކުރިން ނެރެފައިވާއޮތް ހުކުމުގައި އޮތް ބަޔާއި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފައިވާ ބަޔަކާއި އެމެންބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް އަންގާފައި އޮތް ބައެވެ.

މި މެންބަރުންގެ މައްސަލަ ކޯޓުން ނިންމުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ އެ މެންބަރުންގެ ގޮނޑި ގެއްލިޖެ ކަމަށް ކަނޑައަޅައި އެ ދާއިރާތަކުގެ ބައިއިލެކްޝަންތައް ބާއްވަން ބޭނުންވާ ފައިސާ ދޫކުރުމަށް އެދި ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.