ސަލްމާނު ޚާންގެ ފިލްމު ސުލްތާންގެ ފުރަތަމަ ޓްރޭލާ

l_1460434339123Fzj

ސަލްމާން ހާނުގެ އެންމެފަހުގެ ފިލްމު "ސުލްތާން"ގެ ފުރަތަމަ ޓްރޭލާ ޢާއްމުކޮށްފި..

މީ ފިލްމުގެ ފުރަތަމަ ޕޯސްޓަރުވެސް މިހާރުވަނީ ބެލުންތެރިންނަށް ދައްކާލައިފި އެވެ. ސަލްމާން ވަނީ އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ޓުވީޓުކޮށްފަ އެވެ.

މަޝްހޫރު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓު ކުރާ އެ ފިލްމުގައި ސަލްމާން ފެނިގެން ދަނީ ރެސްލިން ތަޅާ މީހެއްގެ ރޯލުންނެވެ. އެ ރޯލަށް ފިޓް ވުމުގެ ގޮތުން ސަލްމާން ވަނީ ހަށިގަނޑު ފަލަކޮށް ވަރުގަދަ ކުރުމުގެ ތަމްރީނުތަކެއް ހަދާފަ އެވެ.

އަންނަ ފިޠުރުއީދުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އެ ފިލްމުގައި ސަލްމާން އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާ އެވެ.

މިފިލްމަކީ އަނުޝްކާ ސަލްމާން އާއެކު ކުޅޭ އެންމެފުރަތަމަ ފިލްމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.