އެމްޑަބްލިޔުއެސްސީގެ ސާވޭ ޓީމެއް ދަތުރުކުރި ޑިންގީ އެއް ބަންޑުން ޖަހައިލައިފި

ލ. އަތޮޅު ގަސްގަނޑު ފިނޮޅާއި ބޮޑުފިނޮޅާ ދެމެދަށް ޑިންގީ އެއް ބަންޑުން ޖަހައިފި ކަމަށް އެމްއެންޑީ އެފުން މައުލޫމާތު ދެއްވައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ޑިންގީ ބަންޑުންޖެހިއިރޫ އެއިން ދަތުރުކުރަމުންދިޔައި އަންހެނަކާއި 9 ފިރިހެނުން ކަމަށެވެ. އެ އަންހެން މީހާއަކީ ބިދޭސީއެއް ކަމަށްވެސް އާޒިމް ވިދާޅިވިއެވެ.

އެއިން ދަތުރުކުރި އެންމެންވެސް ވަނީ ސަލާމަތް ވެފައެވެ. ސިފައިންނާއި އާންމުން ގުޅިގެން އެމީހުންވަނީ އަސަރަހައްދުގައި އޮންނަ ފަޅުރަށެއް ކަމަށްވާ މަހާކަންފުށްޓަށް ގެންގޮސްފައެވެ. އެންމެންގެ ހާޅުވެސް ރަނގަޅު ކަމަށް އާޒިމް ވިދާޅުވިއެވެ. މިހާރު މަސައްކަތް ކުރަމުން ގެންދަނީ އެންމެން ލ. ގަމަށް ގެންދިޔުމަށް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ޑިންގެ ވެރިފަރާތުންވަނީ އޭތި ފަރުމަތިން ނަގައިފައެވެ. އެއިން ދަތުރުކުރީ އެމްޑަބްލިޔުއެސްސީގެ ސާވޭ ޓީމެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފްއާއި ޕޮލިސް ވެސް ގެންދަވަނީ ހަރަކާތްތެރި ވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.