މާލީގޮތުން ބީއެމްއެލް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި - ހީލީ

Bank_of_Maldives_CEO_Andrew_Healy_at_the_launching_of_USD_ATMs

ދިވެހި ޤައުމީ ބޭންކް ބީއެމްއެލްގެ މާލީ ހާލަތު މިވަގުތު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަމަށް އެބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ކޯޕަރޭޓް ބޭންކިންގ ޑައިރެކްޓަރގެ މަޤާމަށް އަލަށް ބޭފުޅަކު އައްޔަނުކުރުމާއި ގުޅިގެން ހީލީ ވިދާޅުވީ، މިދިއަ އަހަރު ބީއެމްއެލްއަށް ކޯޕަރޭޓް ބޭންކިންގ އިން ވަރަށް ރަނގަޅު ނަތީޖާތަކެއް ހާސިލްވެފައިވާކަމަށެވެ. މިގޮތުން ހުސްވިއަހަރުގެ ތެރޭގައި އަލަށް ދޫކުރި ލޯންތައް ދެގުނަ އިތުރުވެފައިވާކަން ހީލީ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ ކޯޕަރޭޓް ބޭންކިންގ ޑައިރެކްޓަރެއްގެ ގޮތުގައި އަލަށް އައްޔަނުކޮށްފައިވަނީ އިންޑިއާގެ އެކިއެކި ބޭންކްތަކުގައި އިސް ބޭފުޅެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ކުލްދީޕް ޕަލިވާލްއެވެ. އޭނާ ވަނީ ބޭންކިންގގެ ދާއިރާގައި ސަތާރަ އަހަރަށްވުރެ ގިނަ އަހަރު ހޭދަކޮށްފައެވެ.
މިކަމާއި ބެހޭގޮތުން ހީލީ ވިދާޅުވީ ކުލްދީޕް ފަދަ ތަޖުރިބާހުރި ބޭފުޅަކާއިއެކު ބީއެމްއެލްގެ ވިޔަފާރި އިތުރު ހަރުފަތަކަށް ކުރިއަށްގެންދެވޭނޭކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.