މިހާރުއޮތީ ގާނޫނާ ޚިލާފަށް ކަންތައް ކުރަމުންދާ އިލެކްޝަން ކޮމިޝަނެއް- ޝާހިދު

މިހާރު އޮތް އިލެކްޝަން ކޮމިޝަނަކީ ގާނޫނާ ޚިލާފަށް ކަންކަން ކުރަމުންދާ ކޮމިޝަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރީ ރަޖިސްޓްރީ ކުރުމަށް އިދިކޮޅު ހަރަކާތުން މިއަދު ފެށި ދޮރުން ދޮރަށް ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އިންތިޚާބުގައި ވޯޓުލާ މީހުންނަށްވެސް ކޮމިޝަނުން ތަފާތު ހުރަސްތައް ކުރިމަތި ކުރަމުންދާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަހުވެސް އެމީހާ ހުރި ތަނަށް ވޯޓު ނުލެވޭނެ ގޮތްގޮތަށް އިލެކްޝަން ކޮމިޝަނުން ހުރަސް އަޅަމުން ހިނގައިދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރިޔާސީ އިންތިޚާބު ކައިރިވެފައިވާއިރު ވޯޓުލާ މީހުން ރީ ރަޖިސްޓްރީ ކުރުމަކީ އިންތިޚާބު ކާމިޔާބު ކުރަން އަޅަންޖެހޭ އެންމެ މުހިންމު އެއްފިޔަވަޅު ކަމަށެވެ. ސަބަބަކީ ދިވެހިންގެ ދިރިއުޅުން ހަމަޖެހިފައި އޮތްގޮތުން ގިނަމީހުން އުޅެން ޖެހިފައި ވަނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ކަމަށްވާތީ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ އިތުރުން މިއަދު އޮތް ރަސްމިއްޔާތުގައި އިދިކޮޅު ހަރަކާތުގެ އެހެން އިސްބޭފުޅުންވެސް ވަނީ އިލެކްޝަން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ އިންތިޚާބަށް ދާއިރު އިލެކްޝަން ކޮމިޝަނުން މިހާރު ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ދިވެހި ރައްޔިތުންގެ ތާއީދު އިލެކްޝަން ކޮމިޝަނުން ހޯދުން ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.