ޔަމަނުގެ ސިފައިންނާއި ހަނގުރާމަވެރިން ހަމަލާބަދަލުކުރުން ހުއްޓާލައިފި

_77712130_fcf896fb-f01c-49bf-8b68-177e2beb9e18

ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް، އދ. މެދުވެރިވެގެން ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް ޔަމަނުސަރުކާރުގެ ކޯލިޝަނާއި، އިދިކޮޅު ހޫޘީންނާއި ދެމެދު ހަމަލާދިނުން މެދުކަނޑާލަން އެއްބަސްވެއްޖެއެވެެ.
ޔަމަނުސަރުކާރުގެ ކޯލިޝަނުން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވަނީ، ހަމަލާބަދަލުކުރުން މެދުކަނޑާލުމަށް ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމު ކުރާނެ ކަމަށާ، އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން ހަމަލާ ދޭ ނަމަ އެކަމަށް ރައްދު ދޭނެ ކަމަށެވެ.
ޔަމަނުގެ އިދިކޮޅޫ ހަނގުރާމަވެރި މައިޖަމާޢަތް ހޫޘީން ވެސް ވަނީ ހަމަލާތައް މެދުކަނޑާލާނެ ކަމަށާ، ސަރުކާރުން ހަމަލާ އެއް ދީފި ނަމަ އެކަމަށް ރައްދު ދޭނެ ކަމަށް ބުނެފައެވެ.
ފާއިތުވި އަހަރެއްހާ ދުވަހު މެދުކެނޑުމެއްނެތި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ޔަމަނުގައި ހަހާހަށް ވުރެ ގިނަ މީހުން މަރުވެ، ދެމިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.