ބަނގުރާ ކެއްކުމަށް ތައްޔާރު ކޮށްފައިވާ އެއްޗެއްހުރި ފުޅިއެއް ވެލިދޫ ޕޮލިސް ސްޓޭޝަނުން ހޯދައިފި

ވެލިދހޮޮ

ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައިވާ އެއްޗެއްހުރި 5 ލީޓަރުގެ ފުޅިއެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިތަކެތި ފެނިފައިވަނީ މި އޭޕްރީލް މަހުގެ 8 ވަނަ ދުވަހުގެރޭ ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެރަށު ފަޅު ގޯއްޗެއް ބަލައިފާސްކުރިއިރު އެގޯތި ތެރެއިންނެވެ.

މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.

މިމައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.