އެޕަލްގެ އާ އުފެއްދުންތައް

iPhone-SE-render-comparison-1024x576

ދުނިޔޭގެ އެންމެ މަޝްހޫރު ޓެކްނޮލޮޖީސް ކުންފުންޏަކީ އެޕަލްއެވެ.

އެ ކުންފުނީގެ އެންމެ ފަހުގެ އީޖާދުތަކަށް މީހުން އިންތިޒާރުކުރެއެވެ. އެގޮތުން އެކުންފުނީގެ އެންމެފަހުގެ ދެ އީޖާދަށް ބަލާއިރު، އެއީ އެޕަލް އައިފޯން އެސްއީއާއި، އައިޕެޑް ޕްރޯގެ އާ ވާޝަނެވެ.

އެޕަލްކުންފުނިން ވަނީ މި ދެއުފެއްދުން ޢާއްމުކޮށް ދައްކާލާފައެވެ. މިދިޔަ މާޗުމަހުގެ 22 ވަނަދުވަހު އެޕަލްއިން މި ދެ އައު ޕްރޮޑަކްޓް ދައްކާލާފައި ވަނީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ޙަފްލާއެއްގައެވެ.

  • އައިފޯން އެސްއީ

އައިފޯން އެސްއީއަކީ، އާދައިގެ އައިފޯނަށް ވުރެ ސައިޒުން ކުޑަ ފޯނެކެވެ. ނަމަވެސް މި ފޯނުގެ ޕްރޮސެސަރާއި ގްރެފިކްސްއަކީ، އައިފޯން 6އެސްގައި ވެސް ހުންނަ ޕްރޮސެސަރާއި ގްރެފިކްސް ކަމަށް އެޕަލްއިން ބުނެ އެވެ. މީގެ އިތުރުން މި ފޯނުން 4 ކޭ ކޮލިޓީގައި ވީޑިއޯ ކެޕްޗާ ކުރެވެ އެވެ.

އެޕަލްއިން ބުނާ ގޮތުގައި އައިފޯން އެސްއީ ވިއްކަން ފަށާ އަގަކީ 399 އެމެރިކާ ޑޮލަރެވެ. އައިފޯން އެސްއީ އަކީ އެޕަލްއިން މިހާތަނަށް އުފެއްދި އެންމެ އަގުހެޔޮ ފޯނެވެ.

ހަތަރު އިންޗީގެ ސްކްރީނެއް ހުންނަ އައިފޯން އެސްއީއަކީ، އައިފޯން 5އެސްއާ ބޭރު ފުށުން ވައްތަރު، ސައިޒުން ކުޑަ ފޯނެކެވެ.

މި ފޯނު، ކުރިޔަށް އޮތް މެއި މަހުގެ ފަހުކޮޅު ދުނިޔޭގެ 110 ގައުމެއްގެ ބާޒާރުގައި ލިބެން ހުންނާނެ ކަމަށް އެޕަލްއިން ބުނެ އެވެ.

  • އައިޕެޑް ޕްރޯ

އެޕަލްގެ އެންމެފަހުގެ އުފެއްދުންތަކުގެ ތެރެއިން އައިޕެޑް ޕްރޯ އަށްބަލާލާއިރު، އައިޕެޑް ޕްރޯގައި ހުންނަނީ 9.7 އިންޗީގެ ސްކްރީނެކެވެ. އެހެންކަމުން އައިޕެޑް ޕްރޯއަކީ، 12.9 އިންޗީގެ ސްކްރީން ހުންނަ ކުރީގެ އައިޕެޑް ޕްރޯއާ އަޅަ ބަލާއިރު 3.2 އިންޗި ކުޑަ އައިޕެޑެކެވެ.

ރޭ ރިލީޒް ކުރެވުނު އައިޕެޑް ޕްރޯގެ ހަތަރު ކުލައެއް ހުރެ އެވެ، އެއީ ސިލްވާރ، ގޯލްޑް، ސްޕޭސް ގްރޭ، ރޯޒް ގޯލްޑެވެ.

މި އައިޕެޑް ވިއްކަން ފަށާ އަގަކީ 599 އެމެރިކާ ޑޮލަރެވެ. އަދި 256 ޖީބީގެ މެމަރީ ހުންނަ ވާރޝަން ވިއްކާ އަގަކީ 899 އެމެރިކާ ޑޮލަރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.