ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު ފަސްކޮށްފި

މިއަހަރު ސެޕްޓެމްބަރ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ފަސް ކޮށްފިއެވެ.

އެ ކޮމިޝަނުން ކުރިން ނިންމާފައިވަނީ ޖުލައި 15 ގައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށެވެ. އެ ކޮމިޝަނުން ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އަހުމަދު ޝަރީފް އާދަމް މިއަދު ވިދާޅުވީ މިހާރު ހަމަޖައްސަވާފައިވަނީ ޖުލައި 23 ގައި އެފުރުސަތު ހުޅުވާލުމަށް ކަމަށެވެ. އެގޮތަށް ނިންމެވީ މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމޭނީ ނޮވެމްބަރު 17 ކަމަށް ބެއްލެވުމަށްފަހު ކަމަށެވެ. އެދުވަހުން ފެށިގެން 120 ދުވަސް ލިބޭނީ މިމަހުގެ 23 ގައި ފުރުސަތު ހުޅުވައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުންދާ ކަމަށެވެ. ވަގުތުގެ ކުރިން ހުރިހާ ކަމެއް ހަމަޖައްސަވައި ނިމޭނެ ކަމަށްވެސް އިލެކްޝަނުން ވިދާޅުވިއެވެ.

އެތަނުން ވިދާޅުވީ އިންތިޚާބުގައި ކެންޕޭން ކުރުމުގެ ފުރުސަތުވެސް ވަރަށް އަވަހަށް ރަސްމީކޮށް ހުޅުވައި ލައްވާނެ ކަމަށެވެ. އެހެންނަމަވެސް މިހާރުވެސް ކެންޑިޑޭޓުން ކެންޕޭން ކުރައްވަމުން ގެންދަވާ ކަމަށް ޝާރީފް ވިދާޅުވިއެވެ. ކެންޕޭން ކުރުމުގައި އެއްވެސް މައްސަލައެއް އަދި ދިމާވެފައިނެތް ކަމަށް ވެސް އޭނާ ވަނީވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.