އިންޑިއާގެ ފައްޅިއެއްގައި ރޯވެ 100 މީހުން މަރުވެއްޖެ

IMG-20160410-WA0002

އިންޑިޔާގެ ކެރެލާގައި ހިންދޫން އަޅުކަން ކުރަމުންދިޔަ ފައްޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މަދުވެގެން 100 މީހުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ރާއްޖޭގަޑިން ރޭ މެންދަމު ތިނެއްޖަހައި އެހާކަންހާއިރުކަމަށް އެގައުމުގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހިންދޫންގެ އާއަހަރު ފާހަގަ ކުރުމުގެގޮތުން އުފަފާޅުކުރުމުގެ ޙަރަކާތްތައް ބޭއްވުމަށް، ރައްކާކޮށްފައިވާ ބަޑިބޭސް ގުދަނެއްގައި ރޯވެގެން ކަމަށް މަޢުލޫމާތުލިބެއެވެ.

މިޙާދިސާގައި ދުއިސައްތައެއްހައި މީހުނަށްވަނީ އެކިވަރުގެ އަނިޔާތައްވެފައެވެ.

އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ ވަނީ މި ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ.

އެޒިޔާރަތަށްފަހު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު އެހާދިސާގެ ވާހަކަ އަޑުއެއްސެވީ ކުއްލި ސިހުމަކާއިއެކު ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ފައްޅިކައިރިއަށް އެވަގުތު އެއްހާހަަށްވުރެ ގިނަ މީހުން ޖަމާވެފައި އޮތްކަމަށް މަޢުލޫމާތުލިބެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.