ތާވަލްގެ އެއްވަނަ ހޯދަން އާސެނަލް އިންތިޒާރުކުރަންޖެހިއްޖެ

3865

އިނގިރޭސި ޕްރިމިޔަރލީގްގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރިމެޗް އެއްވަރުވެ، ތާވަލްގެ އެއްވަނަ ހޯދުމަށް އާސެނަލް އަށް އިތުރު އިންތިޒާރެއްކުރަން ޖެހިއްޖެއެވެ.

ޕްރިމިޔަރލީގްގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރިމެޗް ނިމުނީ 3 - 3 އެއްގެ ނަތީޖާއަކުންނެވެ. މެޗްގައި އާސެނަލް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މެސިތް އޮޒިލް، ސަންޗޭޒް، އަދި ކޮސިއެލްނީއެވެ. މެޗްގައި ވެސްޓްހޭމް އިން ޖެހި ތިން ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކެރޯލްއެވެ.

އިނގިރޭސި ޕްރިމިޔަރލީގްގައި ރޭ މެންޗެސްޓަރ ސިޓީ އާއި ވެސްޓްބްރޮމްވިޗް ބައްދަލުކުރިމެޗް ދޭއް އެކެއްގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީއެވެ.

މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީ ވެސްޓްބްރޮމްވިޗެވެ. ވެސްޓްބްރޮމްވިޗް އިން ލީޑް ނަގާފައިވަނިކޮށް ސިޓީއަށް އެއްވަރުކޮށްދިނީ ސާޖިއޯ އަގުއޭރޯއެވެެ. މެޗުން މެންޗެސްޓަރ ސިޓީ މޮޅުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާމިރު ނަސްރީއެވެ.

އިނގިރޭސި ޕްރިމިޔަރލީގްގައި ރޭ ޗެލްސީ އާއި ސްވަންސީ ސިޓީ ބައްދަލުކުރިމެޗް އެކެއް ސުމެއްގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްވަންސީސިޓީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.