ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހޮއްވެވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދް އަކީ އިސްލާމިކް ސްޓޭޓަށް މީހުން ރެކްރޫޓް ކުރާ ކަމަށް ޝައްކު ކުރެވޭ ބޭފުޅެއް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އިނގިރޭސި ބަހުން ކުރެއްވި ޓުވީޓެއްގައެވެ.
ސައުދީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެންބެސެޑަރު ބަދްރް އަލް ޚާއިލް ވަނީ ރައީސް ޔާމީނުގެ ރަނިން މޭޓަކަށް ޑރ. ޝަހީމް އައްޔަން ކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ވިދާލުވެފައެވެ. ނަޝީދުގެ ޓުވީޓުގައި ސައުދީ އެންބެސެޑަރު ޓެގު ކޮށް އެކަން ފާހަގަކުރައްވާފައި ވެއެވެ. އަދި މިއީ ރާއްޖޭގައި އޮތް އަނިޔާވެރި ކަމާއި ހައްދުފަހަނައެޅުމަށް ސައުދީ އިން ތާއީދުކުރާ މިންވަރު ދޭހަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
President Yameen picks Shaheem - an alleged recruiter for Islamic State - as his running mate. Saudi amb. @BaderAlkahail endorses him. Tells you everything you need to know about Saudi support for violent extremism in the Maldives.
— Mohamed Nasheed (@MohamedNasheed) July 10, 2018
ރަނިން މޭޓުކަން ދޫކޮއްލެއްވިކަން އިއުލާން ކުރައްވައި އެމޑިޕީގެ 3ވަނަ ކޮންގރެސްގައި އެމަނިކުފާނު ވިދާޅުވެފައިަވނީ މި އިންތިޚާބުގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.