ބަދަލުވީ ޙާލަތު

images

އަހަރެންގެ އަތުގައި ހުޅުވާފައިވާ އަލްބަމުން ފެންނަމުން ދިޔައީ މިނިވަން ދުވަހެއްގައި ފުޅަދެއްގެ ތެރޭ އަހަރެންގެ އެއްބަނޑުއެއްބަފާ ދެ ކޮއްކޮ އާޢި އެކީ ނަގާފައިވާ ފޮޓޯއެކެވެ. އެއީ މީގެ 15 ވަރަކަށް އަހަރު ކުރިއެވެ. އަހަންނަކީ ރާއްޖޭގެ އުތުރަށް އުފަން ދިވެއްސަކީމެވެ. މާލެ އަށް ހިޖުރަކުރީ ތަޢުލީމު ޙާޞިލްކުރުމަށެވެ. ރަށު ސްކޫލުން ކިޔެވެނީ ގްރޭޑް5 އަކަށެވެ. ރަސު ސްކޫލުން ގްރޭޑް ފަހެއް ނިންމުމަށްފަހު، މާލެ އަށް ބަދަލުވުމުގެ ބޭނުމަކީ ތަޢުލީމީ ފެންވަރު މަތިކުރުމެވެ. އެހެންނޫންނަމަ 1 ކޮޓަރީގެ ކުޑަތަންކޮޅެއްގައި މުޅި އާއިލާ ދިރިއުޅުމުގެ ބޭނުމެއް ނެތްތާއެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށިފާވުމުން ރަސްމީ ދުވަސްތަކަކީ ބުރަ ދުވަސްތަކަކަށް ވިއެވެ. ހެނދުނު ސްކޫލަށް ދަމެވެ. މެންދުރުފަހު އިތުރު ޙަރަކާތްތަކަށް ދަމެވެ. އަދަބީ ޙަރަކާތްތައް ސްކޫލްގައި ވަރަށްގިނައެވެ. ކުޅިވަރުތަކުގައިވެސް ބައިވެރިވީމެވެ. މިއިން ކޮންމެ ކަމަކަށްވެސް ދަނީ އެކަނިމާ އެކަންޏެވެ. އެކަނި ފޮނުވަންޖެހޭތީ މައިންބަފައިން ކަންބޮޑެއްނުވެއެވެ.

ހަފްތާގެ ފަސްދުވަހު ބުރަކޮށް މަސައްކަތް ކުރުމަށްފަހު ލިބޭ ބަންދު ދެ ދުވަހަކީ އުފާވެރި ދެދުވަހެވެ. އާއިލީ ދެ ދުވަހެވެ. އާއިލާތައް އެކީގައި މަގުތައްމަތީ ޙަރަކާތްތެރިވަނީ ހިތްހަމަޖެހުމާ އުފާ ހޯދުމަށެވެ. ކުޑަކުދިން ޕާކުތަކުގައި ދުވެ ފުމެ ކުޅެހަދައެވެ. ޚިޔާލުތަކާ ފިކުރުތަކުން ދުރެވެ މައިންބަފައިން ތިބެނީ ދަރިންގެ އުފާތައް ލޮލުން ދެކޭށެވެ.

ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކަކީ އަހަރެމެން ކުޑަކުދިންނަށް އަންނަ ޢީދެއްފަދަ ދުވަހެކެވެ. އެދުވަސްތަކަށް އާހެދުންފަހާ ނަލަ ހެދިގެން ކުޅިވަރުތައް ބަލާލުމަށް އާއިލާ އާއި ރައްޓެހިންނާއެކު ނުކމުމެ އެކުވެރިކަން އާލާކުރެވެމުންދެއެވެ. ކެމެރާތަކުގެ ޒަރިއްޔާއިން ނެގި ފޮޓޯތައް ގޭގެ ފޮޓޯއަލްބަލްތަކުގައި ރައްކާކުރެވިފައި މިވަނީއެވެ.

ސްކޫލް ކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގެންނެވުމަށް މިފަދަ ކޮންމެ މުނާސަބަތެއްގައި ސްކޫލްތަކުގެ ވެރިން ކުރައްވާ ބުރަމަސައްކަތަށް ޝުކުރާ ތަޢުރީފް ޙައްޤުވެއެވެ. ދީނަން ލޯބި ޖެއްސުމަށްޓަކައި ތަފާތު މުބާރާތްތަކުގެ އެހީގައި ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވަމުން ކުރިއަށް ދިޔައެވެ. ދިވެހި ބަސް ދިރުވާ އާލާކޮށް ބަސް ހިމާޔަތްކުރުމަށްޓަކައި އެންމެ ބުރަ މަސައްކަތެއް ކުރަމުން އައީ ސްކޫލްތަކުން ކަންވެސް ފާހަގަކުރަމެވެ. މުދައްރިސުން މިކަންކަން ކުރަމުން އައީ ޤައުމީ ކަމެއްކަމުގައި ދެކިގެން އެކަން ކުރާ ހިތުންނެވެ. ލިބޭ އުޖޫރައަށް ކުރާ މަސައްކަތެއްގެ ގޮތގައި ނޫންކަން ފާހަގަކުރަމެވެ.

ނަމަވެސް މިއަދު އެދުވަސް ފާއިތުވެ ހިނގައްޖެއެވެ. މިއީ މުޅިން އާދައުރެކެވެ. އާދުވަހެކެވެ. އާ ވިސްނުމެކެވެ. މި އާކަމުގެ ނަތީޖާ ފޮނި ނުވުމަކީ ހިތާމަހުރިކަމެކެވެ. މަތީގައި ފާހަގަކުރި ކަންކަން މިއަދު ވަމުން އަންނަނީ މީގެ އިދިކޮޅަށެވެ. ސަބަބަކީ ހަމަ އެންމެ ސަބަބެކެވެ. ދިވެހިންގެ ވިސްނުމާ ފިކުރަށް އައި އާކެމެވެ. އޭރު ލިބުނީ ނިޢުމަތެއްކަމުގައި ނުދެކުމެވެ. އެއަށްވުރެ މޮޅުގޮތެއްކަމަށް ހިތައި ހެއްލުމެއްގައި ގެއްލުނީއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.