ޑިންގީއެއްގެ ބުރަފަތިންޖެހި ޗައިނާގެ ފަތުރުވެރިއަކު މަރުވެއްޖެ

ބ. އަތޮޅު ފިނޮޅު ރިސޯޓެއްގެ ފަޅުތެރެއަށް ސްނޯކްލިންއަށް ގޮސް އުޅުނު ޗައިނާގެ ދެ ފަތުރުވެރިއެއްގެ ގައިގައި ޑިންގީ އެއްގެ ބުރަފަތިން ޖެހި އެކަކު މަރުވެ އަނެކަކު ވަރަށް ބޮޑަށް ޒަޚަމް ވެއްޖެއެވެ.

މިހާދިސާގައި ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ. ޒަޚަމްވެފައިވަނީ 24 އަހަރުގެ އަންހެނެކެވެ. ޒަޚަމްވި މީހާއަށް މިހާރު ގެންދަނީ ބ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ފޮނުވައިލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. މި ދެމީހުން ޒަޚަމްވެގެން ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ފިރިހެންމީހާވަނީ މަރުވެފައެވެ. މިއީ ދެމަފިރިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:30 އެހައިކަންހާރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ޒަޚަމްވި އަންހެންމީހާގެ މޫނާއި އެހެން ބައެއްތަންތަނަށް ޒަޚަމްވެފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.