މިއަހަރު ބޮކްސްއޮފީހުގައި ފުރަތަމަ ދުވަހު އެންމެ ކާމިޔާބު ފިލްމަކަށް 'ސަންޖޫ'

ބޮކްސްއޮފީހުގައި ފުރަތަމަ ދުވަހު އެންމެ ބޮޑު ކާމިޔާބީ އެއް ހޯދި ފިލްމަކަށް 'ސަންޖޫ' ވެއްޖެއެވެ. 'ސަންޖޫ އެޅުވުމާ ހަމައަށް މި ރިކޯޑް އޮތީ ސަލްމާން ޚާން ގެ 'ރޭސް 3' އެވެ. 'ރޭސް 3' އަށް ފުރަތަމަ ދުވަހު ލިބިފައިވަނީ 29.17 ކުރޯޑް ރުޕީސް އެވެ. 'ސަންޖޫ' އަށް ލިބިފައިވަނީ 34. 75 ކުރޯޑް ރުޕީސް އެވެ. ފިލްމު އަޅުވާފައިވަނީ ހުކުރު ދުވަހުއެވެ. ހުކުރު ދުވަޗހަކީ އިނޑިއާގައި ރަސްމީ މަސައްކަތު ދުވަހެކެވެ. 'ސަންޖޫ' ވަނީ އެހެން ރެކޯޑެއްވެސް ހަދާފައެވެ. އެއީ ފިލްމުގެ ޑައިރެކްޓަރ ރާޖް ކުމާރް ހިރާނީ އަށް ވެސް މިހާތަނަށް ބޮކްސް އޮފީހގައި ފުރަތަމ ދުވަހު އެންމެ ބޮޑޫ ކާމިޔާބީ އެއް ލިބުނު ފިލްމެވެ. މީގެ ކުރީން އެ ރިކޯޑް އޮތީ އާމިރް ޚާން ލީޑް ރޯލު ކުޅުނު 'ޕީކޭ' އަށެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު ލިބިފައިވަނީ 26.63 ކުރޯޑް ރުޕީށް އެވެ.

އޯޑީއެންސާއި އަދި ފިލްމް ކްރިޓީކުންގެ ފީޑްބެކަށް ބަލާއިރު މި ފިލްމަށް ވަރަށް އަވަހަށް 100 ކުރޯޑް ރުޕީސް ލިބޭނެއެވެ. 'ސަންޖޫ' ގައި ލީޑް ރޯލު އަދާކޮށްފައިވަނީ ރަންބީރު ކަޕޫރް އެވެ. އޭނާގެ ބައްޕަ ރޯލު ކުޅެފައިވަނީ ޕަރޭޝް ރަވާލް އެވެ. އަދި މަންމަ ރޯލު ކުޅެފައިވަނީ މަނީޝާ ކޮއިރާލާ އެވެ. މިހާރު އޭނާގެ އަންހެނުން، މާންޔާ ދަތުގެ ރޯލު ކުޅެފައިވަނީ ދިއާ މިރްޒާ އެވެ. އަދި ސޯނަމް ކަޕޫރް އާއި ވިކީ ކޮޝާލް އާއި އަނުޝްކާ ޝަރްމާ ވެސް ފިލްމުގައި މުހިއްމު ރޯލުތަކެއް ކުޅެފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.