އަޅުގަނޑުމެން ގޮތް ހުސްވެފައެއް ނުތިތިބޭނަން: ޝިފާޒު

އެމްޑީޕީ ބޭނުންވާ މަންޒިލަށް ދިޔުމަށްޓަކައި ބިމަށް ތުން ހަރާލައިގެން ގޮތް ހުސްވެފައި ނުތިބޭޏެ ކަމަށް އެޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

އއ. އުކުޅަކުގައި މިހާރު ކުރިއަށްދާ އެޕާޓީގެ 2 ވަނަ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިއީ ރައީސް ނަޝީދު ބައިވެރިވެ ވަޑައިނުގަންނަވާ ފުރަތަމަ ކޮންގްރެސް ކަމަށެވެ. އެ މަނިކުފާނަށް ކޮންގްރެސްގައި ބައިވެރިވެ ވަޑައިނުގަނެވުމުން އަމިއްލަ ނަފުސަށް މަލާމާތް ރައްދުވާ ކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ޕްރެޝަރާ ހެދި އެކަމަށް ނުކުޅެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީ މަގުސަދު ހާސިލް ކުރައްވާނެ ކަމަށާއި އެކަން ކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވައިގެން އެމްޑީޕީގެ މަންޒިލަށް ދާނެ ކަމަށެވެ.

ޝިފާޒު ވިދާޅުވީ މިހާރު ކުރިއަށްދާ ކޮންގްރެސް އިރާދަކުރެއްވިއްޔާ ވެގެންދާނީ އެމްޑީޕީގެ ބަހާރު މޫސުމުގެ ފެށުމަށް ކަމަށެވެ. އޭނާ ވިދާޚުވީ ރައިސް ނަޝީދަކީ ހިތާހިތުގެ ގުޅުން އުފައްދަވައި ދެއްވި ބޭފުޚެއް ކަމަށާއި އެމަނިކުފާނާއެކު ނޫނީ ޝިފާޒު މިހާރު ކުރަމުންދާ މަސައްކަތް ކުރަން ބޭނުން ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.