ގްރެފިޓީ – ޢާއްމު ޢިޖުތިމާޢީ މިންގަނޑާ ޚިލާފުތަ؟

Traffic policemen check documents of a motorist near a graffiti against police brutality in Male, Maldives, Wednesday, Sept. 4, 2013. The U.N. chief is urging the Maldives to ensure that its upcoming presidential election, the first national election since a contentious power transfer last year, is conducted in a credible and peaceful manner. The election will be held Sept. 7. (AP Photo/Sinan Hussain)

tumblr_mt75kfYh7b1s5qhggo6_1280

ފާރުތަކުގައި ކުރެހުމާއި، ލިޔުން ބޭނުންކޮށްގެން ޝުއޫރު ފާޅު ކުރުން ނުވަތަ ގްރެފިޓީއަކީ މީގެ ޒަމާންތަކެއް ކުރިން ދުނިޔޭގައި ފެށިގެން އައި ކަމެކެވެ.

ތާރީޚު ދައްކާ ގޮތުން އެންމެ ފުރަތަމަ މިގޮތަށް ކުރެހުންތައް ކުރަހަން ފެށި އެއްބަޔަކީ ރޯމަނުންނެވެ. އެމީހުން މިކަން ކޮށްއުޅުނީ ފަރުބަދަތަކުގައާއި، ހިލަތަކުގައި ކަނޑާ ނަގައިގެންނެވެ. އެއަށްފަހު ގްރެފިޓި ތަރައްގީ ވަމުން އައިސް ކުލައާ ދަވާދާ، ސްޕްރޭ ބޭނުންކޮށްގެންމިކަން ކުރަން ފެށިއެވެ.

މިޒަމާނުގައި މިފެންނަ ފަދަ ގްރެފިޓީ ތައާރަފްވެގެން އައިސްފައިވާ ކަމަށް ބުނެވެނީ ނަވާރަ ސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގެ ފަހުކޮޅު އެމެރިކާގެ ނިއުޔޯކް ސިޓީންނެވެ. ކޮންމެއަކަސް ގްރެފިޓީއަކީ ދިގު ތާރީޚެއް އޮތް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ފެތުރިފައިވާ ކަމެކެވެ.

ރާއްޖޭގައި ވެސް ގްރެފިޓީގެ އާދަ ވަނީ ފެތުރިފައެވެ. މާލޭގެ އެކި ހިސާބުތަކުގެ ފާރުތަކާ، އާއްމު ތަންތަނަށް ބަލާލުމުން އެކަނި ވެސް އެކަން އެނގިގެންދެއެވެ.

އެހެންނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ހުއްދަނެތި ފާރުތަކުގަ އާއި އާއްމު ތަންތަނުގައި ގްރެފިޓީ ކުރެހުމަކީ މަނާ ކަމެކެވެ. 2011 ވަނަ އަހަރު އަމަލު ކުރަން ފެށި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނުން ފާރުތަކުގައާ އާއްމު ތަންތަނާ ތަކެތީގައި ގްރެފިޓީ ކުރެހުން މަނާ ކުރެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި އާއްމުކޮށް ގްރެފިޓީ ކުރެހުން މަނާކޮށްފައި ވަނީ ސަބަބުތަކެއް ނެތި އެއް ނޫނެވެ.

ގްރެފިޓީގެ ބޭނުންކުރާ ގޮތުން ނޭދެވޭ އަސރުތަކެއް ކުރި ނަމަވެސް، ރަނގަޅު ގޮތުގައި ބޭނުން ކުރާ ނަމަ އެއީ އިޖުތިމާއީ ގޮތުން މީހުން ހޭލުންތެރިކުރުވުމަށާއި، ހެޔޮ ގޮތުގައި ޝުއޫރު ފާޅު ކުރުމަށް ބޭނުންކުރެވިދާނެ ހުނަރުވެރި "އާޓް" އެކެވެ. ރާއްޖޭގައި ވެސް ހުނަރުވެރި "ގްރެފިޓީ އާޓިސްޓުން" އެބަތިއްބެވެ. އެފަދަ އާޓިސްޓުންނަށް އަމާޒުކޮށްގެން ގްރެފިޓީގެ ތަފާތު މުބާރާތްތައް ވެސް ރާއްޖޭގައި ބާއްވަމުންދެއެވެ.

ރަނގަޅު ގޮތުގައި ބޭނުން ނުހިފައިފި ނަމަ، ގްރެފިޓީއަކީ މުޖުތަމައަށް ނޭދެވޭ އަސރުތަކެއް ކުރާނެ ކަމެކެވެ. ފާރުތަކުގައާ މީހުން އެއްވެ އުޅޭ އާއްމު ތަންތަނުގައި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ގްރެފިޓީ ކުރަހާ ހަޑި ހުތުރު ލިޔުންތަކާ ކުރެހުންތައް ބޭނުން ކުރުން ރާއްޖޭގައި ވެސް މިހާރު ދަނީ އާއްމު ވަމުންނެވެ. މިފަދަ ކުރެހުންތަކުގެ ސަބަބުން އެންމެ ބޮޑަށް ނޭދެވޭ އަސަރު ކުރާ އެއްބަޔަކީ ކުޑަކުދިންނެވެ. މާލޭގެ މަގުތަކުގައި ހިނގާފައިދާއިރު ފެންނަ މިފަދަ މަންޒަރުތަކުން ބެލެނެވެރިންގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ.

މިފަދަ ކުރެހުންތަކާ ލިޔުންތަކުން ކުރާ ނޭދެވޭ އަސަރުން މުޖުތަމައު ސަލާމަތް ކުރުމަށް ފުލުހުން ދޭތެރެދޭތެރެއިން މާލޭގޭ އެކި ހިސާބުތަކުގައިވާ މިފަދަ ގްރެފިޓީ ނައްތާލުމުގެ މަސައްކަތް ކުރަމުންދެއެވެ.

ފުލުހުން ބުނެފައި ވަނީ މިފަދަ ކުރެހުންތަކާ ލިޔުންތަކުގެ ސަބަބުން ޖިނާއީ ކުށަށް މަގުފަހިވުމަށް ފުރުސަތު އިތުރުވެ އާއްމު އިޖުތިމާއީ މިންގަނޑާއި ޚިލާފުކަންތައްތަކެއް ފެންނަމުންދާކަމަށެވެ.

އެހެންމަވެސް ދޭތެރެދޭތެރެއިން މާލޭގައި، ފުލުހުން ކުރަމުންދާ މިމަސައްކަތުން މިމައްސަލައަށް އެންމެ އެކަށިގެންވާ ހައްލެއް އަދި މިހާތަނަށް ލިބިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ގްރެފިޓީގެ ބޭނުންކުރާ ގޮތުން ނޭދެވޭ އަސރުތަކެއް ކުރި ނަމަވެސް، ރަނގަޅު ގޮތުގައި ބޭނުން ކުރާ ނަމަ އެއީ އިޖުތިމާއީ ގޮތުން މީހުން ހޭލުންތެރިކުރުވުމަށާއި، ހެޔޮ ގޮތުގައި ޝުއޫރު ފާޅު ކުރުމަށް ބޭނުންކުރެވިދާނެ ހުނަރުވެރި "އާޓް" އެކެވެ. ރާއްޖޭގައި ވެސް ހުނަރުވެރި "ގްރެފިޓީ އާޓިސްޓުން" އެބަތިއްބެވެ. އެފަދަ އާޓިސްޓުންނަށް އަމާޒުކޮށްގެން ގްރެފިޓީގެ ތަފާތު މުބާރާތްތައް ވެސް ރާއްޖޭގައި ބާއްވަމުންދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.