އުއްތަމަ ފަނޑިޔާރަކަށް އަހުމަދު އަބްދުﷲ ދީދީ

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަން ކުރެއްވުމަށް ރައީސަށް ލަފާދެއްވަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ފާސްކުރައްވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ އެކޮމިޝަނުގެ އިއްތިފާގުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމް ހުސްވެފައިވަނީ ގާޒީންނަށް ނުފޫޒުވި ކަމުގެ ކުށް ސާބިތުވެ ދަށު ކޯޓުން އެމަނިކުފާނުގެ މައްޗަށް ކުރެއްވި ހުކުމަށް ސްޕްރީމްކޯޓުން ތާއީދު ކުރައްވައި ހުކުމް ދެމެހެއްޓެވުންނެވެ. އެހިސާބުން އެމަނިކުފާނުގެ ގޮނޑިވަނީ ގެއްލިފައެވެ.

އެމަނިކުފާނުގެ އިތުރަށް ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް އެ ހުކުމް އައުމުން އޭނާގެ މަގާމް ވެސް ވަނީ ގެއްލިފައެވެ. އެހެން ކަމުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ހައިކޯޓުގެ ދެ ފަނިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އައްޔަން ކުރައްވަން ރައީސަށް ލަފާ ދެއްވުމަށް ވެސް ފާސްކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.