ބާސެލޯނާގެ މައްޗަށް ރެއާލް ކުރިހޯދައިފި

ކަރިސްޓިއާނޯ ރޮނާލްޑޯ ރޭ ޖެހިލަނޑު: މިލަނޑު އޭނާ ޖެހީ މެޗުގެ 85 ވަނަ މިނެޓުގައި.
ކަރިސްޓިއާނޯ ރޮނާލްޑޯ ރޭ ޖެހިލަނޑު: މިލަނޑު އޭނާ ޖެހީ މެޗުގެ 85 ވަނަ މިނެޓުގައި.
ކަރިސްޓިއާނޯ ރޮނާލްޑޯ ރޭ ޖެހިލަނޑު: މިލަނޑު އޭނާ ޖެހީ މެޗުގެ 85 ވަނަ މިނެޓުގައި.

ސްޕެނިޝް ލީގުގެ ޕޮއިންޓު ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިގެން އޮތް ވާދަވެރި ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އިތުރު ތިން ޕޮއިންޓު ހޯދައިފިއެވެ.
ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ރެއާލް ކާމިޔާބުކުރީ 2 – 1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑް ނެގީ ބާސެލޯނާ އެވެ. އެއީ މެޗުގެ 56 ވަނަ މިނެޓުގައި ޖެރާޑް ޕީކޭ ޖެހި ލަނޑުންނެވެ. އެހެންނަމަވެސް ފަހަތުން އަރައި ދެލަނޑުޖަހައިގެން ރެއާލްވަނީ ރޭގެ މެޗު ކާމިޔާބުކޮށްފައެވެ. އެޓީމަށް ލަނޑުތައް ކާމިޔާބުކުރީ ކަރީމް ބެންޒެމާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
އެހެންނަމަވެސް ރޭގެ މެޗުގައި ބާސެލޯނާއަށް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ބާސެލޯނާގެ ފޯވަޑުންނަށް ނުހިފުނެވެ.

ރޭގެ މެޗު ފާހަގަވެގެން ދިޔައީ ފަހަކައަށް ގިނަ ކާޑުތަކެއް ފެނުނު މެޗެއްގެ ގޮތުގައެވެ. އެގޮތުން ހަތް ރީނދޫ ކާޑާއި އެއް ރަތްކާޑު ރޭގެ މެޗުގައި ފެނުނެވެ. އެއީ ބާސެލޯނާގެ ތިން ކުޅުންތެރިއަކަށް ދެއްކި ތިން ރީނދޫކާޑާއި، ރެއާލްގެ ހަތަރު ކުޅުންތެރިއަކަށް ދެއްކި ހަތަރު ރީނދޫކާޑެވެ. ރޭގެ މެޗުގައި ފެނިގެންދިޔަ ރަތްކާޑަކީ މެޗުގެ 84 ވަނަ މިނެޓުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ދެއްކި ކާޑެވެ.

މި މެޗުން ބަލިވި ނަމަވެސް 6 ޕޮއިންޓުގެ ލީޑަކާއެކު، ސްޕެނިޝް ލީގުގެ އެންމެކުރީގައި އަދިވެސް އޮތީ ޗެމްޕިއަން ބާސެލޯނާ އެވެ. އެ ޓީމަށް 76 ޕޮއިންޓް ލިބިފައވާއިރު ދެ ވަނާގައި 70 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ރެއާލް މިހާރު އޮތީ 69 ޕޮއިންޓާއެކު ތިން ވަނާގަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.